ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 19:21
އަހުމަދު ނިހާން ހުސެއިން މަނިކު - އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލައަށް ނިހާން ވަނީ ރައްދުދެއްވާފައި
އަހުމަދު ނިހާން ހުސެއިން މަނިކު - އިދިކޮޅު ފަރާތްތަކުން ހުށައެޅި މައްސަލައަށް ނިހާން ވަނީ ރައްދުދެއްވާފައި
މުހައްމަދު ޝަރުހާން
ރައީސްޔާމީން
ރައީސްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ބަދަލުގައި މަގުމަތިން އެހެންކަމަކާ އުޅޭ: ނިހާން
ޝަރުއީ ކޯޓެއްގެ ހުކުމްތަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅޭނީ ކިހިނެއްތޯ ނިހާން ސުވާލުކުރެއްވި
ނިހާން ވަނީ ޒާތީ ކަންކަން ނުކޮށް 2018 އިންތިހާބަށް ކެނޑިޑޭޓަކު ދެއްކުމަށް ގޮވާލައްވާފަ

ރައީސުލްޖުމްހޫރިއްޔާގެ ޔާމީން އަބްދުލް ގައްޔޫމް މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅުމުގެ ބަދަލުގައި މަގުމަތިން އެހެންކަމަކާ އުޅުން ރަނގަޅުވާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަބްދުﷲ ޔާމީން ދުރުކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކޮށްދިނުމަށް އެދި އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވަނީ އާދިއްތަ ދުވަހު އެވެ. އެކަމަށް ރައްދު ދެއްވައި ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަށު ތެރެއިން އެހެން ކަމަކާއި އުޅުން ރަނގަޅުވާނެ ކަމަށެވެ.

އޭގެއިތުރުން ނިހާން ވަނީ ރާއްޖޭގެ ޝަރުއީ ކޯޓެއްގެ ހުކުމްތަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ސުޕްރީމް ކޯޓަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމުން ވަކިކުރަން މައްސަލަ ހުށައަޅާނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ އެވެ. ނިހާން ވަނީ ޒާތީ ކަންކަން ނުކޮށް 2018 އިންތިހާބަށް ކެނޑިޑޭޓަކު ދެއްކުމަށް ގޮވާލައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައަޅުއްވާފައިވަނީ މައްސަލަ ހުށަހަޅާފައިވަނީ ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރާއި ހަވާލާދީ އެވެ. އެ މާއްދާގައިވާ ގޮތުގައި، އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީ އާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ހިލާފުވެއްޖެ ހާލަތަކާއި އަދި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގައި ހުރެ ކުރުން އެކަށީގެންނުވާ ފަދަ ކަމެއްކޮށްފިނަމަ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ރައީސުލްޖުމްހޫރިއްޔާ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރެވިދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
28 ޖެނުއަރީ 2018 | އާދީއްތަ 20:41
އަލީ އާމިރު
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮންނަ ކަމެއް ސްޕްރީމް ކޯޓަށް ހުށަހެޅުމުން އިދިކޮޅޭމެން ބުއްދިފިލާގޮސްފައިވާ މިންވަރު މިކަމުންއެނގޭ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާގަ ރައީސްއަކު މަގާމުން ވަކި ކުރެވިދާނެ ގޮތް އޮވޭ. އެއީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީ ނުވަތަ ގާނޫނަކާ ރައީސް ހިލާފުވުމުން ނޫނީ، މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ނޫނީ މަގާމުގައި ހުންނަވައިގެން ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ އެވެ. އެކަމަކު އެ މާއްދާގައިވާ ގޮތުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ސްޕްރީމް ކޯޓަށް ހުށަހެޅިމަ މިކަންދާނީ ޗޮކޮހުން. ސްޕްރީމް ކޯޓާ ބެހޭކަމެއްނޫނޭ ކިޔާފަ މައްސަލަ ކުރިއަށްވެސް ނުގެންދާނެ. އިދިކޮޅޭމެން ބޯގަޅިއަސް މީތަންކޮޅެއް ބޮޑުވަރު. ފެންނަމުންމިދަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިގެން ރައީސް އަބުދުﷲ ޔާމީން އެއްބުރުން ކާމިޔާބުކުރާނެތީ އިދިކޮޅޭމެން ތެޅިފޮޅޭތަން