ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 19:04
ރައީސް އަބުދުﷲ ޔާމީނު
ރައީސް އަބުދުﷲ ޔާމީނު
ރައީސް އޮފީސް
މަގޭ ރިޕޯޓް
ބާރު އޮތަސް ހިތުހުރި ގޮތެއް ނެހެދޭނެ ވަގުތު އަންނާނެއެވެ.
ރިޔާސީ ނިޒާމުގެ ސިފަތައް މުޅިން ގެއްލިއްޖެ
އެންމެ ފަހުން ފުލުހުންނަށް އަމުރު ކުރައްވައިފި
ގަދަކަމުން މީހުން ބޯ ލެންބެވުމުގެ ސިޔާސަތެއް

ރައީސް ޔާމީނު އަބުދުލްގައްޔޫމް ވެރިކަމަށް ގެނަސްފިނަމަ މިގައުމުގައި އޮންނާނީ ވިރާސީ ރަސްކަމެއް ކަމަށް 2013 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރުދާއިރާގެ މެމްބަރު އަބުދުﷲ ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ އެ ވާހަކަފުޅު އޭރު ގިނަ ބޭފުޅުން އެހާ ސީރިއަސްކޮށް ބަލައިގެން ކަމަކަށް އޭރު ނުފެނުނެވެ.

މައްސަލައެއް ނެތެވެ. އޭގެ ފަހުން ދުވަސްތައް ހަފްތާތަކަށް ، ހަފްތާތައް މަސްތަކަށް ބަދަލުވެ މަސްތައް މިވަނީ އަހަރުތަކަކަށް ބަދަލުވެފައެވެ. ރައީސް ޔާމީނުގެ ހުރިހާ އަމާޒެއް މިހާރު ހިފާފައި އެހުރީ ކުރަން ޖެހޭ އެންމެހާ ކަންކަން ކުރެވުނު ގޮތަކަށް ކުރެއްވުމަށެވެ. ވިރާސީ ރަސްކަމަކަށް ވުރެވެސް ގައުމުގެ ވެރިކަމުގެ ނިޒާމް ގޯހެވެ. ރިޔާސީއެއް، ބަރުލަމާނީއެއް، ރަސްކަމެއް، ވަކިވާ ވަރެއް ނޫނެވެ. ސަރުކާރަށް ބޯ ނުލަބާ އެކަކަށް ވެސް ސަލާމަތެއް ނެތޭ ބުނާ ކަހަލައެވެ.

ބޯމަތިވަމުން އަންނަ ރިޔާސީ އިންތިހާބުގައި  ރައީސް ޔާމީނާ ވާދަކުރައްވާނެ ކަމަށް ބެލެވޭ އެންމެހާ ސިޔާސީ ލީޑަރުންނަށް އެދޮރު ބަންދު ކުރައްވައިގެން ރިޔާސީ އިންތިހާބު ޖެހެންދެން މިގައުމު މިގޮތުގައި ހިންގަވަން މަސައްކަތް ކުރައްވަނީއެވެ. ފުލުހުންގެ މުއައްސަސާއަށް އަމުރު މައުރޫފް ހިންގެވުމުގައި ސީދާ އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ. އަދުލުއިންސާފު ގެއްލި ގޮސްފިޔޭ ، އިންސާފު ގާއިމް ކޮށްދެއްވާށޭ ގޮވަމުންދާ ރައްޔިތުންގެ އަޑު އައްސަވާ ކަމަކަށް ނުވެއެވެ.

ބާރުތައް އަތްޕުޅަށް ނަންގަވައި ތިންބާރު ވަކިވެފައި އޮތް ނިޒާމެއްގައި ތިމަންމަނިކުފާނު ހުންނަވަންޖެހޭ ހިސާބު މުޅިން ހަނދުމަފުޅު ނައްތާލައްވައިފިއެވެ. ގައުމުގައި އަމާންކަމެއް ނެތެވެ. ރައްކާތެރިކަމާ ހައްގުތައް ހޯދުމަށް ރައްޔިތުމީހާ ސަލާންޖަހަން ޖެހޭ ސަގާފަތް އަލުން ދިރުވަން ސަރުކާރުން ވަނީ ފޫގަޅައި މަސައްކަތް ފަށައިފައެވެ.

ވިޔަފާރިވެރިންގެ މިލްކިއްޔާތަކީ މި ސަރުކާރު ދެމެހެއްޓުމަށް އޮތް އެއްޗަކަށް ނުވާނަމަ ހުރަސްތައް ކުރިމަތިވަނީއެވެ. އޭގެ އެއް މިސާލަކީ ގާސިމް އިބުރާހިމެވެ. ފަހަކަށް އައިސް ރާއްޖޭގައި ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރި ބޭފުޅަކަށް އެއިންތިހާބެއް ކާމިޔާބުވެވަޑައިގަތުމުގެ އެންމެ މުހިންމު ދައުރު އަދާކުރެއްވި ބޭފުޅާއެވެ. އެބޭފުޅާގެ މުޅިވިޔަފާރި ހަލާކުކޮށްލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިކަމަށް މުޅި އިދިކޮޅު ހުރިހާ ބޭފުޅުން ވިދާޅުވެއްޖެއެވެ. ސަބަބަކީ އެންމެ ސަބަބަބެކެވެ. ރައީސް ޔާމީނުގެ ފައިބުޑަށް ތިރިވެފައިނެތުމެވެ. ރައްޔިތުންގެ ފަޅީގައި ހުންނެވުމެވެ.

ރައީސް ޔާމީނެވެ ވިސްނަވާށެވެ. ފައިސާއާއި ނުފޫޒާ ބާރަކީ ހުރިހާ ކަމެއް ކާމިޔާބު ކުރެވޭނެ އެއްޗެއް ނޫނެވެ. ރައްޔިތުންނަށް ލިބޭ އަނިޔާގެ މައްޗަށް ފަސްއަޅާ ފޮރުވައިލުމަށް ތިޔަ ބޭނުންކުރާ ބާރާއި ނުފޫޒަކީ އިސާހިތަކު ފިލާ ހިނގާދާނެ އެއްޗެކެވެ. އެފަދަ ކިތަންމެ މިސާލެއް ދުނިޔެ ދައްކައިފައި އެބަހުއްޓެވެ. އެއިން އިބުރަތް ހާސިލް ކުރައްވާށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
28 ޖެނުއަރީ 2018 | އާދީއްތަ 21:05
Juhaa
Abdulla Shahid thiya kahala vaahaka dhakkaakah maa reechcheh noon. Maumoon ge verikamugai raees ofeehugai huregen hurihaa nubai kameh kuri meehaa thiyaee.
28 ޖެނުއަރީ 2018 | އާދީއްތަ 20:15
އަލީ އާމިރު
ގާނޫނު އަސާސީގެ 100 ވަނަ މާއްދާގަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އޮންނަ ކަމެއް ސްޕްރީމް ކޯޓަށް ހުށަހެޅުމުން އިދިކޮޅޭމެން ބުއްދިފިލާގޮސްފައިވާ މިންވަރު މިކަމުންއެނގޭ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާގަ ރައީސްއަކު މަގާމުން ވަކި ކުރެވިދާނެ ގޮތް އޮވޭ. އެއީ އިސްލާމްދީނުގެ އަސްލަކާ ނުވަތަ ގާނޫނު އަސާސީ ނުވަތަ ގާނޫނަކާ ރައީސް ހިލާފުވުމުން ނޫނީ، މަސްއޫލިއްޔަތު އަދާ ނުކުރެއްވުން ނޫނީ މަގާމުގައި ހުންނަވައިގެން ކުރުން އެކަށީގެން ނުވާ ކަމެއް ކުރައްވައިފިނަމަ އެވެ. އެކަމަކު އެ މާއްދާގައިވާ ގޮތުން އެ މައްސަލަ ހުށަހަޅަން ޖެހޭނީ ރައްޔިތުންގެ މަޖިލީހަށެވެ. ސްޕްރީމް ކޯޓަށް ހުށަހެޅިމަ މިކަންދާނީ ޗޮކޮހުން. ސްޕްރީމް ކޯޓާ ބެހޭކަމެއްނޫނޭ ކިޔާފަ މައްސަލަ ކުރިއަށްވެސް ނުގެންދާނެ. އިދިކޮޅޭމެން ބޯގަޅިއަސް މީތަންކޮޅެއް ބޮޑުވަރު. ފެންނަމުންމިދަނީ ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިގެން ރައީސް އަބުދުﷲ ޔާމީން އެއްބުރުން ކާމިޔާބުކުރާނެތީ އިދިކޮޅޭމެން ތެޅިފޮޅޭތަން. ޝަރުއީ ކޯޓެއްގެ ހުކުމްތަކަށް ފިލައިގެން ރާއްޖެއިން ބޭރުގައި ތިބި ބަޔަކަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅޭނީ ކިހިނެއްތޯ. އެމީހުނަށް ތަނަކަށް އެއްޗެއް ފޮނުވޭނޫ ކަރެކްޝަން މެދުވެރިކޮށް. ހުށަހެޅި މައްސަލައެވީ ބާތިލު.