ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 18:37
ކަނޑުމަތީ އޮޕަރޭޝަނެންގައި ކޯސްގާޑު ހަރަކާތްތެރި ވަނީ
ކަނޑުމަތީ އޮޕަރޭޝަނެންގައި ކޯސްގާޑު ހަރަކާތްތެރި ވަނީ
ގޫގުލް
މިފްކޯ
މިފްކޯގެ މަސް ބޯޓެއް އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވަނީ
ކޯސްޓުގާޑުންގެ ޑައިވަރުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
ބޯޓް ދިޔަވާން ފެށިއިރު 24 މީހުން ތިބި

ޅ. ފެލިވަރު ކައިރީގައި އަޅާފައި އޮތް މިފްކޯގެ މަސް ބޯޓެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ފެލިވަރު ކައިރީ އަޅާފައި އޮތް މިފްކޯގެ މަސް ބޯޓު (މިފްކޯ 101) ދިޔަވާކަމުގެ ރިޕޯޓް ކޮށްފައި ވަނީ އާދީއްތަ ދުވަހު ހަވީރު 3:30 ކަންހާއިރު ކަމަށެވެ. ބޯޓު ދިޔަވާތީ އެމްއެންޑިއެފް ނޮދަން އޭރިޔާގެ ސިފައިންނާއި ކޯސްޓުގާޑުންގެ ޑައިވަރުން އެ ސަރަހައްދުގައި މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ބޯޓް ދިޔަވާން ފެށިއިރު ބޯޓުގައި 24 މީހުން ތިބިއިރު އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 14 ބިދޭސީނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް