ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 17:42
ކަސްޓަމްސް އާއި ފުލުހުންގެ އޮފިސަރުންތަކެއް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި
ކަސްޓަމްސް އާއި ފުލުހުންގެ އޮފިސަރުންތަކެއް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި
މުހައްމަދު ޝަރުހާން
ވިލާ ރިސޯޓުތައް
ވިލާގެ ގާނޫނީ ވަކީލު ޝަފީގު ފުލުހަށް ހާޒިރުކޮށްފި
ޝަފީގު ފުލުހަށް ހާޒިރުކޮށްފައި ވަނީ އާދީއްތަ ދުވަހު ހަވީރު

ވިލާ ގްރޫޕުގެ ރިސޯޓުތަކަށް އެރި ކަސްޓަމްސްގެ އޮފިސަރުންގެ މައުލޫމާތު އާންމުކުރި މައްސަލައާ ގުޅިގެން ވިލާ ކުންފުނީގެ ގާނޫނީ ވަކީލު އަހުމަދު ޝަފީގު ފުލުހަށް ހާޒިރުކޮށްފިއެވެ.

ވިލާ ކުންފުނީގެ އިސް ވަކީލު އަހުމަދު ޝަފީގު ފުލުހަށް ހާޒިރުކޮށްފައި ވަނީ އާދީއްތަ ދުވަހު ހަވީރު 4:00 އަށެވެ. ޕޮލިހަށް ހާޒިރުވުމުން ތަހްގީގު ކުރިއަށް ނުގެންގޮސް، އަންގާރަ ދުވަހު ޕޮލިހަށް އަލުން ހާޒިރިވުމަށް ވަނީ ޗިޓް ދީފަ އެވެ. 

ވިލާ ކުންފުނިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިސޯޓުތަކަށް އަރައި މުދާ ގެންދިއުމުގެ ޖަރީމާގައި ބައިވެރިވި ދައުލަތުގެ މުވައްޒަފުން ޒިންމާދާރުކުރުވައި، ހައްގު އަދަބު ދިނުމަކީ ގައުމުގެ ހައްގުގައި އަދާކުރަންޖެހޭ ވާޖިބެއް ކަމަށެވެ. އެހެންވެ އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަސްޓަމްސްގެ 37 މުވައްޒަފަކާއި ހަތް ފުލުހެއްގެ މައްސަލަ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް ވިލާގެ ބަޔާނުގައިވެއެވެ. ވިލާއިން ވަނީ 44 މީހުންގެ ނަންތައް ހިމެނޭ ލިސްޓެއް ވެސް އާއްމުކޮށްފައެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް ބުނީ ކަސްޓަމްސްގެ އޮފިސަރުންގެ ފަރުދީ މައުލުމާތު އާންމު ކުރުމަކީ އޮފިސަރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ބިރު ދެއްކުމުގެ ގޮތުން ކުރި އަމަލެއް ކަމަށެވެ. އެހެންކަމުން ކަސްޓަމްގެ ފަރާތުން މި މައްސަލަ ބަލައިދިނުމަށް ފުލުހަށް ވަނީ ހުށައަޅާފައެވެ. ފުލުހުން ވަނީ ކަސްޓަމުން ހުށައެޅި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް