ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 12:54
މިނނިސްޓަރު ޝައިނީ އަދި ކުރީގެ ރައިސް މައުމޫނު
މިނނިސްޓަރު ޝައިނީ އަދި ކުރީގެ ރައިސް މައުމޫނު
ޓްވިޓަރ
ރައީސް މައުމޫނު
ރައީސް މައުމޫނަށް ވެސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން އެނގިވަޑައިގަންނަވަން ވެއްޖެ: ޝައިނީ
ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް ގާނޫނުގެ ފުރަގަހުގައި ނުހުންނެވޭނެ
ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ބަޣާވާތް ކުރަން ގޮވާލުން ހުއްދަތޯ ޝައިނީ ވަނި ސުވާލުކުަރައްވާފައި

ރައީސް މައުމޫނު ވިޔަސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެކަން އެނގިވަޑައިގަންނަވަން ވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެެވެ.

މިނިސްޓަރު ޝައިނީ އާދިއްތަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫނަކީ، ކުރީގެ ރައީސްކަން ކޮށްފައި ހުންނެވި ބޭފުޅެއް ކަމުގައި ވިޔަސް ގާނޫނު ނިވާފަތްހަނޑަކަށް ހައްދަވައިގެން އޭގެ ފަހަތަށް ވަދެ ފިއްލަވައިގެން ނުހުންނެވޭނޭ ކަމަށެވެ.

މިނިސްޓަރު ޝައިނީ މި ޓްވީޓް ކުރައްވާފައި މި ވަނީ، ރައީސްކަން ކޮށްފައިވާ މީހަކަށްދޭންވާ ރައްކާތެރިކަން އެމަނިކުފާނުގެ އާއިލާއަށް ނުދެއްވާ ކަމުގެ ތުހުމަތުކުރައްވާ ކުރައްވާފައިވާ ޓްވީޓަށް ރައްދު ދެއްވަމުންެނެވެ. ރައީސް މައުމޫނު ވިދާޅުވާގޮތުގައި، އެމްއެންޑީއެފުން އެމަނިކުފާނުގެ ދެ ކަނބަލުންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭންވާނެއެވެ. އަދި އެހެން އެކަން އޮންނަ އިރު ފުލުހުން އެމަނިކުފާނުގެ ގެކޮޅަށް ވަދެ އާއިލާގެ ސަލާމަތަށް ނުރައްކާ ވިޔަދެނީ ކީއްވެތޯ ރައީސް މައުމޫނު ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބިދެވޭ ޤާނޫނުން ބަޣާވާތް ކުރަން ގޮވާލުން ހުއްދަ ކޮށްފައި ވޭތޯ ޝައިނީ ވަނީ ރައީސް މައުމޫނާއި ސުވާލު ކުރައްވާފައެވެ. އަދި ރައީސްކަން ކޮށްފައި ހުއްޓަސް ގާނޫނަށް ވުރެ މަތީގައި ނުހުންނވޭނޭކަން ވިސްނިވަޑައިގަންނަވަންވީ ވަގުތަކީ މިއީކަމަށް ވެސް ޝަައިނީގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
28 ޖެނުއަރީ 2018 | އާދީއްތަ 13:04
ރުމާ
ޝައިނީއަކީ މައުމޫނަށް ރައްދުދޭން ކާކުތަ؟ޝައިނީ ކަލޭ ނެގީ އެއްތެޔޮތަ.ލަދެއްވެސް ނުގަނޭ.މައުމޫނަށް ރައްދުދޭން ޔާމީނު ކަޑައަޅާފައި ތިބޭ މީހިންގެތެރެއިން އެކަކު ތެޔޮ ޝައިނީއަކީ.