ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 08:24
ފުލުހުން ފާރިސް ހައްޔަރުކުރަން އުޅުމުގެ ތެރެއިން:އެންދެރިމާގެވެސް ވަނީ ބަލައި ފާސްކޮށްފައި
ފުލުހުން ފާރިސް ހައްޔަރުކުރަން އުޅުމުގެ ތެރެއިން:އެންދެރިމާގެވެސް ވަނީ ބަލައި ފާސްކޮށްފައި
މުހައްމަދު ޝަރުހާން
އެންދެރިމާގެ ބަލާ ފާސް ކުރުން
ފާރިސްގެ މައްސަލައާ ގުޅޭ އެއްވެސް ހެއްކެއް އެންދެރިމާގެއަކުން ވެސް ނުފެނުނު
ބަލާ ފާސްކޮށް ނިމުނު ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފައި
ފުލުހުން ބުނީ އެއްވެސް ހެއްކެއް ނުފެނުނު ކަމަށް
އެންދެރިމާގެ ބަލައި ފާސްކުރީ ފާރިސްގެ މައްސަލައިގާ

ފުލުހުން ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ މައްސަލައާ ގުޅޭގޮތުން ހެއްކާ ޤަރީނާ ހޯދުމަށް ފާރިސްގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ ގެ މ އެންދެރިމާގެ ބަލާ ފާސްކުރި ނަމަވެސް އެގެއިން އެފަދަ އެއްވެސް ހެއްކެތް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ހޮނިހިރު ދުވަހުގެރޭ ރައީސް މައުމޫނު ދިރިއުޅުއްވާ އެންދެރިމާގެއަށް ގޮސް އެގެ ބަލާފާސްކުރުމާއި ގުޅޭ ފޯމް ހަވާލު ކޮށްފައިވެއެވެ.

ފުލުހުން އެގެއަށް ގޮސް ފޯމް ހަވާލުކުރި އިރު ހޮނިހިރު ދުވަހު އެންދެރިމާގެ ބަލާ ފާސްކުރި އިރު އެގެއިން މައްސަލައާއި ގުޅުންހުރި އެއްވެސް ހެތްކެއް ފެނިފައި ނުވާކަމަށް ފޯމްގައި ބުނެފައިވެއެވެ.

ފުލުހުން ހޮނިހިރު ދުވަހު އެންދެރިމާގެ ބަލާ ފާސްކޮށްފައި ވަނީ މަޖިލިސް މެމްބަރުންނަށް ފާރިސް ރިޝްވަތު ދެއްވިކަމަށާއި މަޖިލިސް މެމްބަރުންނާއި ގުޅިގެން ޤާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައެވެ.

މި މައްސަލާގައި ފާރިސް ހައްޔަރުކޮށް ކްރިމިނަލް ކޯޓުން މިހާރުވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ. ފާރިސްގެ ޤާނޫނީ ވަކީލުން ވިދާޅުވީ އެމައްސަލައާ ގުޅޭ ހެއްކެއް ފެނިފައި ނުވާކަމަށް މުއްދަތުގެ މަޖިލީހުގައި ވެސް ބުނެފައިވާ ކަމަށާއި އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް