ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 08:17
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
އަޅުގަނޑުގެ އާއިލާއަށް ފުލުހުން ނުރައްކާކުރަން ސިފައިން ފުރުސަތުދޭ: މައުމޫނު
މައުމޫނު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެފައިވޭ
ސެކިއުރިޓީ ބަލަހައްޓަމުންދަނީ ސިފައިން

ރައީސްކަން ކޮށްފައިވާ މީހަކަށްދޭންވާ ރައްކާތެރިކަން އެމަނިކުފާނުގެ އާއިލާއަށް ނުދެއްވާ ކަމުގެ ތުހްމަތު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ސިފައިންގެ މައްޗަށް ކުރައްވައިފި އެވެ.

އާއިލާއަށް ދޭން ޖެހޭ ރައްކާތެރިކަން ސިފައިންގެ ފަރާތުން ނުލިބޭ ކަމަށް އިޝާރާތް ކުރައްވައި ރައީސް މައުމޫނު ހޮނިހިރު ދުވަހުގެ ރޭ ޓުވީޓެއް ކުރައްވާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާ އެންދެރިމާގެއަށް ފުލުހުން ވަންނަ މައްސަލައާ ގުޅުވައިގެންނެވެ.

ރައީސް މައުމޫނު ކުރައްވާފައިވާ ޓޫވީޓުގައި ވިދާޅުވެފައިވަނީ ބޭނުންވާހާ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަދެ އެމަނިކުފާނުގެ އާއިލާއަށް ނުރައްކާވިޔަ ދެނީ ކީއްވެތޯ އައްސަވައި ސިފައިންނާ ސުވާލު ކުރައްވައިފައެވެ.

ރައީސް މައުމޫނުގެ އެ ޓުވީޓްގައި ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަމާ ބެހޭ ގާނޫނުގައި ރައީސުލް ޖުމްޙޫރިއްޔާކަން ކޮށްފައިވާ މީހަކާއި އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފް އިން ހަމަ ޖައްސާދޭންވާނެ ކަމަށް ބުނެފައިވާކަން ފާހަގަ ކުރައްވާފައިވެ އެވެ.  

ރައީސް މައުމޫނު މި މޭރުމުން ޓޫވީޓް ކުރައްވާފައިވަނީ އެމަނިކުފާނުގެ ދޮށީ ދަރިކަލުން އަހްމަދު ފާރިސް މައުމޫނުގެ މައްޗަށް ތުހްމަތުކުރާ މައްސަލާގައި އެންދެރިމާގެ ބަލާ ފާސްކުރުމަށް ފުލުހުން ދެ ފަހަރެއްގެ މަތިން ވަދެފައިވާތީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް