ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 01:31
ފާރިސް ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ކޯޓުން ޖަހައި ދިނުމުން އޭނާ ދޫނިދޫ އަށް ގެންދަނީ
ފާރިސް ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ކޯޓުން ޖަހައި ދިނުމުން އޭނާ ދޫނިދޫ އަށް ގެންދަނީ
ރާއްޖެއެމްވީ
ފާރިސް މައުމޫން
ފާރިސްގެ ބަންދަށް 15 ދުވަސް ޖަހައިފި
ދައުލަތުން އެދުނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް
ބަންދުގެ މުއްދަތު މަޖިލިސް ހަތަރު ގަޑިއިރަށް ދެމިގެންދިޔަ
ފާރިސް ހައްޔަރުކުރީ ރައީސް ޔާމީން އަންގައިގެން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފާރިސްގެ ބަންދާމެދު ގޮތެއް ނިންމުމަށް ހޮނިހިރު ދުވަހުގެ ރޭ 19:45 ހާއިރު ކްރިމިނަލް ކޯޓަށް ހާޒިރުކުރި ނަމަވެސް ބަންދުގެ މުއްދަތުގެ މަޖިލިސް ނިމިފައިވަނީ 23:45 ހާއިރު އެވެ. ބަންދުގެ މުއްދަތު މަޖިލިސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. ދައުލަތުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ފާރިސް ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ގާޒީ ވަނީ ފާރިސްގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ. 

ފާރިސްގެ ބަންދުގެ މުއްދަތުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔައިރު، އޭނާގެ ސަޕޯޓަރުން ކޯޓު ބޭރުގައި

ޖަލުގައި ހައްޔަރުކޮށްފައި ހުންނަތާ ހަ މަސް ފަހުން ބުރާސްފަތި ދުވަހު ކޯޓުން މިނިވަންކުރި ފާރިސް އަލުން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުހްމަތާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފައިސާ ބެއްސެވިކަމުގެ ތުހްމަތުގަ އެވެ. ނަމަވެސް ފަހުން އެނގިފައިވާ ގޮތުގައި ފާރިސް ހައްޔަރު ކޮށްފައިވަނީ މީގެ ކުރިންވެސް ފާރިސްގެ މައްޗަށް ކުރެވުނު ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ތުހުމަތުގަ އެވެ.

ފާރިސް ހައްޔަރުކުރަން ރައީސް އަބްދުﷲ ޔާމީން ވެސް ފުލުހުންނަށް ވަނީ އަންގައިފަ އެވެ.  

ފާރިސް ހައްޔަރުކުރުމަށް ކޯޓް އަމުރެއް ހޯދާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް ޔާމީން އެނގެވި ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނިކޮށް، މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ މަތީ ފަރާތްކަމުގައި ވީހިނދު، ފާރިސް މައުމޫން ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

ފާރިސް ހައްޔަރުކުމަށް ފަހު ވެސް، އޭނާގެ އެޕާޓްމެންޓާއި އޭނާގެ ބައްޕާފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގެ ބަލާ ފާސްކުރުމަށް ފުލުހުން ވަނީ މަސައްކަތް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް