ކ. މާލެ
|
28 ޖެނުއަރީ 2018 | އާދީއްތަ 01:32
ފާރިސްގެ މުއްދަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ޝަހީދު
ފާރިސްގެ މުއްދަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ގާޒީ ހުސެއިން ޝަހީދު
ޓްވިޓަރ
ފާރިސްގެ މައްސަލަ
އާ ގާޒީގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް ވެސް ސިއްރު!
ފާރިސް ހާޒިރުކުރި ފަހުން ހަތަރު ގަޑިއިރުވެއްޖެ

ކްރިމިނަލް ކޯޓުގެ ގާޒީ ބުރާސްފަތި ދުވަހުގެ ރޭ ހަވާލުވެވަޑައިގެންނެވި ގާޒީ ހުސެއިން ޝަހީދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަވާ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުން ސިއްރުކޮށްފި އެވެ.

ގާޒީ ހުސެއިން ޝަހީދުގެ ފުރަތަމަ ޝަރީއަތަކީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރާގުޅޭ ގޮތެއް ޝަރީއަތުން ގޮތެއް ނިންމުމެވެ. މި މަޖިލީހުގައި ފާރިސް އިތުރަށް ބެހެއްޓުމާ ގުޅޭ ގޮތުން ގޮތެއް ނިންމަވާނެ އެވެ.

މުއްދަތުގެ މަޖިލީހަށް ފާރިސް ކޯޓަށް ހާޒިރުކުރީ މިރޭގެ 7:45 ހާއިރެވެ، އޭގެ ފަހުން ގާތްގަނޑަކަށް ހަތަރު ގަޑިއިރުވީ އެވެ. އަދިވެސް ގޮތެއް ނިންމާފައިނުވެ އެވެ. މި މައްސަލާގައި ވެސް ފާރިސްގެ ދިފާއީ ވަކީލެއްގެ ގޮތުން ކޯޓަށް ވަޑައިގެންނެވީ މައުމޫނު ހަމީދެވެ.  

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ  58 ވަނަ މާއްދާ (ވ) ގައި މުއްދަތުގެ މަޖިލީސް ތަކަކީ ވެސް ޝަރީއަތުގެ މަޖިލިސްތައް ކަމަށް ބުނެފައިވާއިރު ވަކި އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ ކޯޓުތައި ޝަރީއަތުގެ އަޑުއެހުންތައް ބާއްވަން ވާނީ ހުޅުވާލެވިގެން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އަދި އެކަން ކަމަށް ރިއާޔަތްކޮށް މީގެ ކުރިން ބައެއް މުއްދަތުގެ މަޖިލީހަށް ވަނުމަށް އާންމުންނަށް ފުރުސަތު ދީފައިވެސް އެބަ ހުއްޓެވެ. 

ފާރިސްގެ މުއްދަތުގެ މަޖިލީހުގައި ވެސް އިންނެވީ ފާރިސް ހައްޔަރު ކުރުމަށް ކޯޓު އަމުރު ނެރުއްވި ގާޒީ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް