ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 23:47
ފާރިސް ހައްޔަރުކޮށްގެން ގެންދަނީ: ހުންނެވީ ސާބިތުކަމާއެކު ކަމަށް ވިދާޅުވޭ
ފާރިސް ހައްޔަރުކޮށްގެން ގެންދަނީ: ހުންނެވީ ސާބިތުކަމާއެކު ކަމަށް ވިދާޅުވޭ
މުހައްމަދު ޝަރުހާން
ފާރިސް ހައްޔަރުކުރުން
ފާރިސްގެ ދިފާއުގައި ލޯޔަރުންގެ ބޮޑު ފައުޖެއް
ވަކީލުންގެ ޓީމުގައި 9 ވަކީލުން ހިމެނޭ
ވަކީލުން ގެންދަވަނީ ކޯޓުގައާއި އެންދެރިމާގޭގައި ހަރަކާތްތެރިވަމުން
ވަކީލުންގެ ޓީމުގައި ކުރީގެ ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނެވި ވަކީލުންވެސް ހިމެނޭ

ހަ މަސް ދުވަހުގެ ޖަލު ބަންދަށް ފަހު ކްރިމިނަލް ކޯޓުން ދޫކޮށްލިތާ ދެ ދުވަހު ފަހުން ހޮނިހިރު ދުވަހު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ ދިފާއުގައި ލޯޔަރުންގެ ބޮޑު ފައުޖެއް ހަރަކާތްތެރިވަމުން އެބަދެއެވެ.

ފާރިސް ދިރިއުޅުއްވާގެ ފާސްކުރުމަށާއި ފާރިސް ހައްޔަރު ކުރުމަށް ހޮނިހިރު ދުވަހުގެ ފަތިހު ނެރުނު ކޯޓު އަމުރު ތަންފީޒް ކުރަން ފުލުހުން މަސައްކަތް ފެށި ހިސާބުން އެ ޤާނޫނީ ވަކީލުން ވަނީ ފާރިސްގެ ދިފާއުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ފާރިސްގެ ދިފާއުގައި ކެނޑިނޭޅި ހޮނިހިރު ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާ ލޯޔަރުންގެ ތެރޭގައި ޢަދާލަތު ޕާޓީގެ ނައިބު ރައީސް ޢަލީ ޒާހިރު، އާދަމް މުހައްމަދު، އިބްރާހީމް ޝަމީލް، މައުމޫން ހަމީދު، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް، މަހްފޫޒް ސައީދު، މޫސާ ސިރާޖް، އަދި ޢަލީ ލަތީފްއާއި ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން ހިމެނިވަޑައިގަންނަވައެވެ.

މި ޤާނޫނީ ޓީމުގެ ބައެއް ވަކީލުން ފާރިސްގެ ދިފާއުގައި ކޯޓުގައި ހަރަކާތްތެރިވަމުންދާއިރު ބައެއް ވަކީލުން ގެންދަވަނީ ފާރިސްގެ ބައްޕާފުޅު ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގައިވެސް ހަރަކާތްތެރިވަމުންނެވެ. އަދި ފާރިސް ދިރިއުޅުއްވަމުން ގެންދެވި މ ސްނޯރޯސް ބަލާފާސްކޮށް، ފާރިސް ހައްޔަރުކުރިއިރުވެސް މި ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ހަރަކާތްތެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް