ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 22:20
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އެކަކުގެ ހާލު ސީރިއަސް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އެކަކުގެ ހާލު ސީރިއަސް
މުހައްމަދު ޝަރުހާން
ހުޅުމާލެ އެކްސިޑެންޓް
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު މީހާ މާލެ ގެންނަނީ
އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 8.50 ހާއިރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާ ލިބުނު މީހާ މާލެ ގެނައުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރ އާޝިޔާ ސޯލިހް ވިދާޅުވެއްޖެއެވެ.

އާޝިޔާ ވިދާޅުވީ އެކްސިޑެންޓް ހިނގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި އުމުރުން 25 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރައަސް ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެނައިރު ނޭވާ ނުލެވޭ ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލްގެ ޑޮކްޓަރަކާއި ނަރުހަކާ ގުޅިގެން އެ މީހާ އެމަޖެންސީކޮށް އޭޑީކޭ ހޮސްޕިޓަލަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 8.50 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ޕިކަޕެއް ޖެހުމުގެ ސަބަބުން ކަމަށެވެ. އަދި އެކްސިޑެންޓް ހިނގާފައި ވަނީ ހިތިގަސް މަގުގައި ހުރި އެމްއައި ކޮލެޖް ކައިރީގައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ދެން އަނިޔާވި މީހާ އަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އާސަންދަ ކުންފުނިން މައުލޫމާތުދެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގް ކުރަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް