ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 16:52
އެސްއޯ ފުލުހުން އެންދެރިމާގޭ ކައިރީގައި
އެސްއޯ ފުލުހުން އެންދެރިމާގޭ ކައިރީގައި
ރާއްޖެއެމްވީ
އެންދެރިމާގެ ބަލާ ފާސް ކުރުން
އެންދެރިމާގެ އަށް ފުލުހުން ވަނީ ކޯޓު އަމުރާ ހިލާފަށް: ރައީސް މައުމޫން
އެންދެރިމާގެ ފުލުހުން ބަލަނީ އެގޭގައި އެއްވެސް މީހަކު ނޫޅެނީސް
މެންބަރު ފާރިސް ވަނީ ހައްޔަރުކޮށްފައި

 އެންދެރިމާގެއަށް ފުލުހުން ވަދެފައި ވަނީ، ކޯޓު އަމުރާ ހިލާފަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

 ރައީސް މައުމޫން ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ،  ކޯޓު އަމުރުގައި އޮތީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންނާ ގުޅޭ ގޮތުން ތަންތަން ބަލާ ފާސް ކުރުމަށް ކަމަށެވެ.

މ. އެންދެރިމާގެގައި ފާރިސްގެ ކޮޓަރިއެއް ނުވަތަ އޮފީހެއް ވެސް ނުހުންނާނެ ކަމަށާއި، "މިހެން ބިނީމާ ވެސް ވަދެގަތީ" ކަމަށް ޓްވީޓްގައި ވެއެވެ. 

 

 

ފުލުހުން އެންދެރިމާގެ ބަލާ ފާސްކޮށްފައިވާ އިރު ފުލުހުން ވަނީ މ. ސްނޯރޯސްގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފިއެވެ.

ފާރިސް ހައްޔަރުކުރުމަށް ކޯޓު އަމުރެއް ހޯދާފައިވާ ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް ޔާމީން އެނގެވި ކަމަށް ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާ ހަވާލާ ދެއްވައި ފާރިސް ވިދާޅުވެފައި ވަނިކޮށް، މުއާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒުކުރުމުގެ އެންމެ މަތީ ފަރާތްކަމުގައި ވީހިނދު، ފާރިސް މައުމޫން ހައްޔަރުކުރުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރެއް ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގަވާފައިވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް