ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 15:57
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް
ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް
މޯލްޑިވްސް ޕޮލިސް ސާރވިސް
ފާރީސް މައުމޫން
ސީޕީ އަރީފު، ފާރިސްއާ ބައްދަލެއް ނުކުރައްވާ: ފުލުހުން
ފުލުހުންނާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އަންގާފައި

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން، ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފާ ބައްދަލު ނުކުރައްވާ ކަމަށާއި ސާބިތު ކަމާއެކު މަގާމުގައި ހުންނެވި ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

 ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ސީޕީ އަރީފް ގޭގައި މަޑުކުރެއްވުމަށް އެއްވެސް ފަރާތަކުން ނާންގާ ކަމަށާއި ސީޕީ އަރީފް ހުންނެވީ މަގާމުގައި ސާބިތުކަމާ އެކުގައި ކަމަށެވެ.

ފުލުހުންނާއި ފުލުހުންގެ އެއްވެސް ފުލުހަކާމެދު އެއްވެސް ފަރާތަކުން ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ޝިފާން ގޮވާލެއްވި އެވެ. 

ފުލުހުންގެ މިހެން ހާމަކޮށްފައިވާ އިރު މ. ސްނޯ ރޯޒްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްއާ މިއަދު ބައްދަލު ކުރެއްވި ކަމަށާއި އޭނާ ހައްޔަރުކުރަން ރައީސް އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ. އަރީފް އެވާހަކަ ދެއްކެވިއިރު އެ ބައްދަލުވުމުގައި އެހެން ބޭފުޅުން ވެސް ތިއްބެވި ކަމަށް ފާރިސް ވިދާޅުވި އެވެ. 

ފާރިސް އާއި އަރީފް ކައިވެނި ބައްލަވައިގެން އުޅުއްވަނީ އެއްބަނޑު އެއްބަފާ ދެ ބޭފުޅުންނާއެވެ. އަދި އެ ބޭފުޅުން ދިރިއުޅުއްވަނީ ވެސް އެއް ގެއެއްގަ އެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް