ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 14:57
ފާރިސް ދިރިއުޅުއްވާ ގެ ހުންނަވާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
ފާރިސް ދިރިއުޅުއްވާ ގެ ހުންނަވާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ
މުހައްމަދު ޝަރުހާން
ފާރިސް މައުމޫން
ފާރިސް ހައްޔަރުކުރަން މަސައްކަތްކުރާ ފަރާތްތަކާއި މެދު ފުލުހުން ފިޔަވަޅު އަޅަން ޖެހޭ: ރައީސް ނަޝީދު
ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ދަނީ ބަލައި ފާސްކުރަމުން
ތުޙުމަތުކުރަނީ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހިކަމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ކަމަށް
ފާރިސް ހައްޔަރުކުރުމަށް ރައީސް ޔާމީން ވަނީ އަންގަވާފަ: ތަރުޖަމާނު މުއާޒް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއިމެދު ފުލުހުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމުގެ ތުޙުމަތުގައި ހައްޔަރުކޮށް، 191 ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު ބުރާސްފަތި ދުވަހު މިނިވަންކުރި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް، ކޯޓު އަމުރެއްގެދަށުން ބަލައި ފާސްކުރަން ފުލުހުން ފަށާފައިވަނިކޮށް، ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަލުން އަނބުރައި ފާރިސް މައުމޫން ހައްޔަރުކުރުމަށް ފުލުހުންނާއި، ސިފައިންނާއި، ކޯޓުތަކުން ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި ފާރިސް ހައްޔަރުކުރުމަށް މަސައްކަތްކުރާ ފަރާތްތަކާއިމެދު ފުލުހުން ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވިއިރު، ފާރިސް ހައްޔަރުކުރުމަށް ފުލުހުން ކޯޓު އަމުރެއް ހޯދާފައިވާ ކަމަށް ބުނާ ވާހަކަތަކެއް ހޮނިހިރު ދުވަހުގެ ހެނދުނުއްސުރެ ދަނީ ފެތުރެމުންނެވެ. އަދި ފާރިސް މައުމޫންވެސް ވަނީ އެމަނިކުފާނު ހައްޔަރުކުރަން މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހިކަމާއި، ޤާނޫނީ ގޮތުން އުފެދިފައިވާ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ކަމުގެ ތުޙުމަތުގައި ހުކުރު ދުވަހުގެރޭ ފަތިހު ނެރެފައިވާ ކޯޓު އަމުރަކާއި އެކު، ހޮނިހިރު ދުވަހު ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފެށުމާއި ގުޅިގެން ފާރިސް ވިދާޅުވީ،  ކޮމިޝަނަރު އޮފް ޕޮލިސް އަހްމަދު އަރީފްއާއި ބައްދަލު ކުރެއްވި ކަމަށާއި ފާރިސް ހައްޔަރުކުރަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ނުފޫޒު ފޯރުވާ ކަމަށް އަރީފް ވިދާޅުވި ކަމަށެވެ.

ފާރިސް މިހެން ވިދާޅުވެފައިވަނިކޮށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓްއެއްގައި، ފާރިސް ހައްޔަރުކުރުމަށް ރައީސް ޔާމީން، ފުލުހުންނަށް އަމުރުކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ފާރިސް ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ހުކުރުދުވަހުގެރޭ ފަތިހު 4 ޖެހިއިރު އަމުރު ނެރުއްވީ، ބުރާސްފަތި ދުވަހުގެރޭ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ އަލަށް ކުރެއްވި ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓަކަށް ހުންނެވި އަލްއުސްތާޛް ޙުސައިން ޝަޙީދެވެ. ފަނޑިޔާރު ޝަޙީދު މި އަމުރު ނެރުއްވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެވުނުތާ ގާތްގަނޑަކަށް 36 ގަޑިއިރު ފަހުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 ޖެނުއަރީ 2018 | ހޮނިހިރު 15:23
ނުބައިހާނު
ބޯއީ އެއް ލީވެސް ބޭނުން ގޮތަކަށް ހުކުން ކުރަންވެގެން. މި ބޯއީ ކިހާ ވަރަކުން ދާނެބާ؟ އިސް ފަނޑިޔާރު ކަން ލިބުމުގެ ކުރިން ޢުމުރަށް ޖަލަށް ނުލައިފިއްޔާ ރަނގަޅު.