ކ. މާލެ
|
27 ޖެނުއަރީ 2018 | ހޮނިހިރު 12:31
ފުވައްމުލައް
ފުވައްމުލައް
ރާއްޖެ އެމްވީ
ފުވައްމުލަކު
ފުވައްމުލަކުގައި އިއްޔެ ގެނބުނު ބިދޭސީ މީހާއަށް މިހާރުވެސް ދަނީ ފަރުވާ ދެމުން: ހޮސްޕިޓަލް
ގެނބުނީ ހުކުރު ދުވަހުގެ ހަވީރު
އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުން

ހުކުރު ދުވަހު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބުނު ބިދޭސީ މީހާއަށް ފަރުވާ ދެމުންދާ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ބުނެފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެނެސްފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:30 އެހާއިރު ކަމަށެވެ.

ފުވައްމުލަކު މާނެރެ ސަރަހައްދުގައި ހަވީރު ހިނގި މި ހާދިސާގައި ގެނބިގެން ހޮސްޕިޓަލުން ފަރުވާ ދެމުންދަނީ ސްރީލަންކާގެ ރައްޔިތެކެވެ. އޭނާއަކީ ފުވައްމުލަކުގައި ނަރުދަމާ އެޅުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ. 

އެރަށުން މައުލޫމާތުދިން މީހަކު ބުނީ އޭނާ އާއެކު އޭނާގެ ރައްޓެހިންތަކެއް ވެސް މޫދަށް ދިޔަ ކަމަށެވެ. އަދި އެއީ އާއްމުކޮށް މޫދަށްދާ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް ގެނބުނު މީހާ ގެނބުނީ އޭނާ މާބޮޑަށް ބޭރަށް ފުންހިސާބަކަށް ދިޔުމުން ކަމަށެވެ. ގެނބުނު މީހާ ސަލާމަތްކޮށްފައިވަނީ އޭނާގެ ރައްޓެއްހިންނާއެކު އެ ސަރަހައްދުގައި ތިބި މީހުން ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ ސްރީލަންކާގެ އެމީހާ މޫދުން ނެގިއިރު، ހަރަކާތް ހުއްޓި، ހޭ ވެސް ނެތިފައިވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް