ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 13:50
ފުށިފަރު ރިސޯޓް
ފުށިފަރު ރިސޯޓް
ގޫގުލް
ފުށިފަރު ރިސޯޓް
ފުށިފަރު ރިސޯޓުގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް

ޅ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއް ކަމަށްވާ ފުށިފަރުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ޅ. އަތޮޅުގެ ރިސޯޓެއްގައި މީހަކު މަރުވެފައިއޮއްވާ ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރު ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އެކަން ތަހުގީގުކުރަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުންޏެވެ. ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ގދ. މަޑަވެލި މީހެއް ކަމަށްވާ އަބްދުﷲ ހަމީދެވެ. އޭނާއަކީ އެތަނުގެ ޝެފެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ހޭނުލައިގެން އެރިސޯޓުގެ މުއައްޒަފުން ގޮވިއިރު އޮތީ މަރުވެފައެވެ.

މިކަން ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
24 ޖެނުއަރީ 2018 | ބުދަ 11:35
ފުށި
ގޮތް ނޭގޭ މަރުތަށް ހާދަ ގިނަވެއްޖޭ