ކ. މާލެ
|
24 ޖެނުއަރީ 2018 | ބުދަ 11:24
ހުޅުމާލެ: އެޗްޑީސީގެ ޗެއާރމަން ޝާހިދު
ހުޅުމާލެ: އެޗްޑީސީގެ ޗެއާރމަން ޝާހިދު
މުހައްމަދު ފަޒީން
އެޗްޑީސީ
އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ޝާހިދު އައްޔަން ކުރައްވައިފި
ކުރިން ޗެއާރމަންގެ މަގާމުގައި ހުންނެވި ފުއާދު ވަކިކުރައްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބޯޑުގެ ޗެއާރމަންގެ މަގާމަށް މ. ކަނަމަނަ މުހައްމަދު ޝާހިދު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ޝާހިދު އައްޔަން ކުރައްވާފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. 

އެޗްޑީސީގެ ޗެއާމަންގެ މަގާމަށް ޝާހިދު އައްޔަން ކުރައްވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި ފުއާދު ގާސިމް ވަކިކުރެއްވުމަށް ފަހުގައެވެ. 

ފުއާދު އެމަގާމުން ވަކި ކުރައްވާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. ފުއާދު އެމަގާމުން ވަކިކުރެއްވި ސަބަބެއް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީގެ ޗެއާރމަންގެ މަގާމަށް ފުއާދު އައްޔަން ކުރައްވާފައި ވަނީ 2016 ވަނަ އަހަރުގެ މާޗު މަހުއެވެ. 

ފުއާދަކީ ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އޭރު އިދިކޮޅު ކޯލިޝަނުގައި އިސްކޮށް އުޅުއްވި ފަރާތެކެވެ.

ފުއާދުވަނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.

ޝާހިދު ކުރިން ހުންނެވީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިންގް ޑިރެކްޓަރަކަށެވެ. އޭގެ ކުރިން ޝާހިދު ވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރެޝަން (އެޗްޑީސީ)ގައި ވެސް މަސައްކަތްކުރައްވާފައެވެ. އަދި ހުޅުމާލޭގެ ތަރައްގީގެ މަޝްރޫގައި ޝާހިދު ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް