ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 22:03
ފަން އައިލެންޑް ރިސޯޓްގެ ގުދަނުގައި ހުރި ބަނގުރާތައް ކަސްޓަމްސްއިން ގެންދަނީ
ފަން އައިލެންޑް ރިސޯޓްގެ ގުދަނުގައި ހުރި ބަނގުރާތައް ކަސްޓަމްސްއިން ގެންދަނީ
ފަން އައިލެންޑް
ވިލާ ކުންފުނި
ރިސޯޓްތަކަށް އެރި ފުލުހުންގެ ނަންތައް ވިލާއިން ހާމަކުރި މައްސަލަ ފުލުހުން ތަހްގީގުކުރަނީ

ރިސޯޓްތަކަށް އެރި ފުލުހުންގެ ނަންތައް ވިލާއިން ހާމަކުރި މައްސަލަ ފުލުހުން ތަހްގީގުކުރަން ފަށައިފި އެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވިލާ ކުންފުނީގެ ގާނޫނީ ވަކީލުން ޖެނުއަރީ 23 ވަނަ ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި އެ ކުންފުނީގެ މުދާ ގާނޫނާ ހިލާފަށް ގެންދިއުމުގައި ފުލުހުން ބައިވެރިވި ކަމަށް ބުނެ އަދި އެ ކުންފުންޏާއި ދެކޮޅަށް ހިންގި ޖަރީމާއެއްގައި ފުލުހުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެކަން ތަހްގީގުކުރުމަށް ބާރު އަޅައި ހިއްސާކޮށްފައިވާ ބަޔާނުގައި، ވަކިވަކި ފުލުހުންގެ ފަރުދީ މައުލޫމާތު އާންމުކޮށްފައިވާތީ އެ އަމަލު އެ މުއައްސަސާ އިން ކުށްވެރިކުރާ ކަމަށެވެ.

މި އަމަލަކީ ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ މުވައްޒަފުން ގާނޫނު ތަންފީޒް ކުރުމަށް ކުރަމުން ގެންދާ ގާނޫނީ މަސައްކަތްތަކަށް ހުރަސް އެޅުމަށާއި ނުފޫޒު ފޯރުވުމަށާއި ބިރުދެއްކުމަށް ހިންގި އަމަލެއް ކަމުގައި އެ މުއައްސަސާ އިން ވަނީ ބަޔާނުގައި ބުނެފައެވެ. އެހެންވެ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާ އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
23 ޖެނުއަރީ 2018 | އަންގާރަ 22:21
ކޮންތާކު އޮތް ކޯޓެއް
ކޮންތާކު އޮތް ކޯޓެއް، ހޭބަލިފެފަތަ ތިތިބެނީ؟
23 ޖެނުއަރީ 2018 | އަންގާރަ 22:05
Haam
Raakani mas hunnaanee kevifa
23 ޖެނުއަރީ 2018 | އަންގާރަ 22:05
Haam
Raakani mas hunnaanee kevifa