ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 23:00
އެެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސިމާހާ ނަސީމް
އުމްރާ ޕްރޮގްރާމް
ރާއްޖެޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެޓީވީގެ މުވައްޒަފުންގެ އާއިލާ މެމްބަރުންނަށްވެސް އުމްރާ އަށް ދެވޭނެ މަގު ފަހިވެގެންދާނެ

ރާއްޖެ ޓީވީގެ ހައްޖު އެންޑް އުމްރާ ޕްރޮގްރާމްގެ އެއްބަސްވުމުގައި އަލް ޢައިން ހައްޖު އެންޑް އުމްރާ ގްރޫޕާ އެކު ރާއްޖެޓީވީން އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.

ރާއްޖެޓީވީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިންގް އޮފިސަރ (ސީއޯއޯ) ހުސެއިން ފިޔާޒް މޫސާ އެވެ. އަލް ޢައިން ހައްޖު ގްރޫޕްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝެއިޚް ހުސައިން ރަޝީދުއެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ހުސައިން ރަޝީދު ވިދާޅުވީ އެފަދަ އެއްބަސްވުމުގައި ރާއްޖެޓީވިއާއެކު ސޮއި ކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ހިނގާ އަހަރުގައި އަޅުގަނޑުމެން ހަތަރު ބުރެއް ބޭއްވުން. އެއީ ކުރިއަށް މި އޮތް މާޗް މަހުގެ ބުރާއި ރޯދަ މަހުގެ ބުރާއި ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުގެ ދެ ބުރު" އައް ޝައިޚް ހުސައިން ރަޝީދު ވިދާޅުވިއެވެ.  

އެ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެޓީވީގެ މުވައްޒަފުންގެ އާއިލާ މެމްބަރުނަށް ވެސް އުމްރާ އަށް ދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.

"ނިމިގެންދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް އަޅުގަނޑުމެންގެ މުވައްޒަފުންނަށް އުމްރާގެ އަޅުކަން އަދާ ކުރުމަށްޓަކައި ދެއްވި ފުރުސަތު އަޅުގަނޑުމެންގެ ޓީމްގެ ފަރާތުންނާއި އިސްވެރިންގެ ފަރާތުން ޝުކުރު އަދާކުރަން. މި އަހަރު އަޅުގަނޑުމެންގެ ހަތަރު މުވައްޒަފަކު އުމްރާ އަށް ފޮނުވުމަށް ވަނީ ހަމަޖެހިފައި އަޅުގަނޑުމެންނާއި ގުޅިފައިވާ އެހެން ކުންފުނިތަކާއި އަދި އަލް ޢައިން ހައްޖު ގްރޫޕްއާ އެކު" ފިޔާޒް ވިދާޅުވިއެވެ.

އެ ޕްރޮގްރާމް ކުރިއަށް އޮތް ތާނގައި އިތުރަށް ފުޅާ ކުރުމަށް ނިންމާފައިވާ ކަމަށް ރާއްޖެޓީވީން ބުންޏެވެ.

 

  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް