ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 19:16
އާއިޝަތު އާޒިމާ ޝުކޫރު - ޤާސިމް ވަނީ އޭނާއަށް ހޫނު ރައްދެއްދީފަ
އާއިޝަތު އާޒިމާ ޝުކޫރު - ޤާސިމް ވަނީ އޭނާއަށް ހޫނު ރައްދެއްދީފަ
ޕީޕަލް މެގަޒިން
އާޒިމާ ޝަކޫރު
ޤާސިމްގެ ރައްދު އާޒިމާއަށް: އާޒިމާ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް
އާޒިމާ ވިދާޅުވީ ވިލާ ގްރޫޕުން ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް
ޤާސިމް ވިދާޅުވީ ވިލާގެ ފަރާތުން އެންމެ ފުރަތަމަ ކޯޓަށް ވަޑައިގެންނެވީ އާޒިމާކަމަށް
މައްސަލަ ވިލާއާއި އެއްކޮޅަށް ނިންމިކަންވެސް އާޒިމާއަށް އެނގިވަޑައިގަންނަވާނެކަމަށް ޤާސިމް ވިދާޅުވި

ވިލާ ކުންފުނިން ދައުލަތަށް ފައިސާތަކެއް ދައްކަވަންޖެހޭ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އާއިޝަތު ޢަޒިމާ ޝުކޫރު ދެއްކެވި ވާހަކަފުޅަށް ޤާސިމް އިބްރާހިމް ހޫނު ރައްދެއް ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އާޒިމާ ދެއްވި ޤާނޫނީ ލަފަޔަކާއި އެއްގޮތަށް ޖީއެމްއާރާއެކު ދިވެހި ސަރުކާރުންވި އެއްބަސްވުން އުވާލުމުގެ ސަބަބުން ދައުލަތުން ގެއްލުމުގެ ގޮތުގައި ޖީއެމްއާރަށް ބޮޑު ބަދަލެއް ދޭންޖެހުނުއިރު، ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އާޒިމާ ވިދާޅުވީ ވަކި މީހަކު ދައްކަން ޖެހޭ ފައިސާއެއް ނުދައްކައި އޮތުމުން އެކަމާއިމެދު ދައުލަތުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާޒިމާ ޝުކުރޫ އެ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި އެ ވިދާޅުވާ ފައިސާތަކާއި ގުޅޭގޮތުން ގިނަ މައްސަލަތައް ފެށީ އާޒިމާ ޝުކޫރު ވިލާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި ހުންނަވައިގެން ކަމަށާއި ދަށު ކޯޓުގަޔާއި ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައިވެސް އެ ދައުވާތައް ކުރިޔަށް ގެންދެވި ކަމަށް ޤާސިމް ވިދާޅުވި އެވެ. އެއިން އެއް މައްސަލަ ވިލާ އާއި އެއްކޮޅަށް ނިންމިކަން ވެސް އާޒިމާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ.

 

 

އޭނާ ވިދާޅުވީ އާޒިމާ މިހުރިހާ ކަމެއްކޮށް ދެއްވުމުގައި ވިލާގެ ފަރާތުން އެކަމުގައި ހުރިހާ ކޯޓުތަކަކަށް ގޮސް އުޅުއްވާފަ އެ އިން އެއް މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ އެތައް މިލިއަން ރުފިޔާއެއް ވިލާއަށް ސަރުކާރުން ދިނުމަށްކަން އެނގިހުރެ މި ވާހަކަތައް ތަކުރާރުކޮށް އެކަމަނާ ދައްކަވާތީ ހިތާމަކުރައްވާކަމަށެވެ.

 

 

ޤާސިމްގެ ކުންފުނިތަކުން 2.9 ބިލިއަން ރުފިޔަ ދައްކަން ޖެހޭކަމަށް އާޒިމާ ވިދާޅުވިއިރު، ވިލާގެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާގެ އަދަދާއި ގުޅޭގޮތުން އެއްވެސް ފަރާތެއް ދައްކާ ވާހަކަ ދިމާނުވާކަން ފާހަގަކުރެވެއެވެ. އެގޮތުން އާޒިމާ ވިދާޅުވި ގޮތުގައި ޤާސިމްގެ ވިލާ ކުންފުނިން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ދައްކަންޖެހޭނެ އެވެ. ނަމަވެސް މީރާއިން ހާމަކޮށްފައިވާ ގޮތުގައި ޤާސިމްގެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހެނީ 78.6 މިލިއަން ރުފިޔާ އެވެ. މިރާއިން އެގޮތަށް ބުނި ނަމަވެސް ފިނޭންސްއިން ހާމަކޮށްފައިވަނީ ޤާސިމްގެ ކުންފުނިތަކުން ދައުލަތަށް 369.5 މިލިއަން ދައްކަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް