ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 13:33
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އެންވަޔަރަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެ އެމްވީ
އެންވަޔަރަންމަންޓް މިނިސްޓްރީ
މާލެ އާއި އަތޮޅު ތެރޭގެ ކަރަންޓާއި ފެނުގެ އަގު އެއް އަގަކަށް ބަދަލުކޮށްފި
މީގެ ކުރިން އަތޮޅު ތެރޭގައި ކަރަންޓުގެ އަގު ބޮޑު
100 ޔުނިޓާ ހަމައަށް: 1.5ރ. އަދި 101 އިން 200 ޔުނިޓަށް 1.7ރ.
201 އިން 300 ޔުނިޓަށް 2.15ރ. އަދި 301 އިން 400 ޔުނިޓަށް 2.5ރ.

އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ޖެނުއަރީ މަހުން ފެށިގެން ރަށްރަށުގައި ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ކަރަންޓްގެ ހިދުމަތުގެ އަގު ސްޓެލްކޯ އިން ދެމުންދާ އަގަށް ބަދަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް ބަދަލުކޮށްފައި ވަނީ ހަމައެކަނި 400 ޔުނިޓުން ދަށުގެ ޓެރިފްތައް ކަމަށް ވެސް ތޯރިގް ވިދާޅުވިއެވެ. ތޯރިގް ވިދާޅުވީ މިބަދަލާ ގުޅިގެން 400 ޔުނިޓާ ހަމައަށް ނުވަތަ 400 ޔުނިޓަށް ވުރެ މަތިން ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ކަރަންޓް ބިލުން 400ރ. ގެ ކުޑަވުމެއް އަންނާނެ ކަމަށެވެ. 

"މިބަދަލާ ގުޅިގެން 100 ޔުނިޓުން ދަށް، ކުރިން ނަގަމުންދިޔަ ރޭޓަކީ 2.2ރ، މިބަލަދާއެކު 1.5ރ އަށް ބަދަލުވާނެ. 101 ޔުނިޓުން 200 ޔުނިޓާ ހަމައަށް ކުރިން ނަގަމުންދިޔަ ރޭޓަކީ 2.75ރ، މިބަލަދާ އެކު 1.7ރ އަށް ބަދަލުވާނެ. 201 ޔުނިޓުން 300 ޔުނިޓާ ހަމައަށް ކުރިން ނަގަމުންދިޔައީ 3.4ރ.، މިހާރު ނަގަމުން މިދަނީ 2.15ރ. 301 ޔުނިޓުން 400 ޔުނިޓަށް ކުރިން ނަގަމުން މިދަނީ 3.5ރ.، މިހާރު ނަގަމުން މިދަނީ 2.5ރ. މިބަދަލުތައް އަންނާނީ މާރޗު މަހުގެ އެކަކުން ފެށިގެން،" މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ. 

ކަރަންޓަށް މިބަދަލުތައް ގެނެސްފައިވާއިރު ދާދި ފަހުން ވަނީ ދުނިޔޭގެ ބާޒާރުގައި ޑީސަލާއި ޕެޓްރޯލްގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފައެވެ. 

ތޯރިގް ވިދާޅުވީ ކަރަންޓްގެ އަގު ހެޔޮ ކުރުމަށްޓަކައި ރިނިއުވަބްލް އެނާރޖީ އާއި ލެޑް ލައިޓް ފަދަ މަދުން ކަރަންޓް ބޭނުންކުރާ ވަސީލަތްތައް ބޭނުންކުރުން ފަދަ މަސައްކަތްތަކެއް ވެސް ކުރަމުންދާ ކަމަށެވެ. 

ކަރަންޓްގެ އިތުރުން ފެނުގެ އަގު ވެސް ވަނީ ހެޔޮކޮށްފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް ފެނުން އަގު ނަގާނީ މާލެއެކޭ އެއްގޮތަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 ޖެނުއަރީ 2018 | އަންގާރަ 11:45
ދެކުނުތަރި
އިންތިޚާބަށް ވަގުންޖަހާ މަޅީގައި ރައްޔިތުން ޖައްސަން ކުރާ މަސައްކަތް. މީގެ ކުރިން ކީއްވެ އަގުހެޔޮ ނުކުރީ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވީއޭ ކިޔައިގެން ތެލުގެ އަގު ބޮޑުކުރިއިރު އަމުދުން ތިކިޔާ އަގެއް ހެޔޮވެފަހުންނާނީ ތިންތިޚާބު ނިމެންދެން.