ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 06:37
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޢަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
އާޒިމާ ޝަކޫރު
އާޒިމާއަށް ރިޔާޒު ދެއްވި ރައްދު: ގާސިމް އުޖޫރަ ދިނީމަ ވިލާ އޯކޭ، ރައީސް ޔާމީން ވަޒީފާ ދިނީމަ ސަރުކާރު އޯކޭ
ޤާސިމް އުޖޫރަ ދިނީމާ އޯކޭ. މިއަދު ރައީސް ޔަމީން ވަޒީފާ ދެއްވީމާ އޯކޭ
އާޒިމާ ވިދާޅުވީ ވިލާއިން ސަރުކާރަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް
ރަށްތައް ނަގާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވިލާއިން ބުނޭ

ވިލާ ގުރޫޕުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާއެއް ނެތް ކަމަށް ބުނެ ކޯޓުތަކުގައި ވަކާލާތު ކުރެއްވީ، މިއަދު ސަރުކާރުގައި ހުންނަވައިގެން ވިލާއިން 2.9 ބިލިއަން ރުފިޔާ ސަރުކާރަށް ދައްކަން އެބަ އޮތް ކަމަށް ވިދާޅުވި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.ޕީއެސްއެމް ނިއުސްގެ "އުއްމީދާ ކުރިއެރުން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވީ، ވިލާ ގްރޫޕަށް ކުއްޔަށްދޫކޮށްފައިވާ ތަންތަނުން ދައުލަތައް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ފެންނަން އެބައޮތްކަމަށެވެ.

އާޒިމާ އެ ވިދާޅުވާ ފައިސާއަކީ ވިލާއިން ދައްކަން ޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ ވިލާ ގުރޫޕްގެ ވަކީލެއްގެ ހައިސިއްޔަތުން ކޯޓުތަކުގައި ވަކާލާތުކޮށްދިން ހަނދާން ނެތުނީތޯ، އޭނާއަށް ރައްދު ދެއްވައި ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ. އޭރު ޤާސިމް އުޖޫރަ

"އޭރު ގާސިމް އުޖޫރަ ދިނީމަ ވިލާ އޯކޭ، މިހާރު ރައީސް ޔާމީން ވަޒީފާ ދިނީމަ ސަރުކާރު އޯކޭ،" އާޒިމާއަށް އިޝާރަތް ކުރައްވައި ރިޔާޒު ވިދާޅުވި އެވެ. 

ވިލާގެ ރިސޯޓްތަކުން ސަރުކާރަށް ފައިސާ ދައްކަން ޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ ނުދައްކާ ކަމަށް ބުނެ އެ ކުންފުނީގެ އެކައުންޓްތައް މީރާއިން ވަނީ ފްރީޒްކޮށްފަ އެވެ. އަދި ކަސްޓަމްސްއިން ދޭ ހިދުމަތްތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. 

ވިލާއިން ބުނަމުން ދަނީ އެ ކުންފުނިން ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ ކަމަށާއި ރަށްތަކުގެ އެއްބަސްވުން ބާތިލްކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް