ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 06:20
މެންބަރު ޝާހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
މެންބަރު ޝާހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ
ގޫގުލް
ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ
މިއަދު މިއޮތީ ފައްޅި އަޅަން ވޯޓު ނުދިނަސް ގޮނޑި ގެއްލޭ ހާލަތުގައި: ޝާހު
އަޅުގަނޑުމެންނަށްވެސް ބާރާއި އިއްޒަތުގައި ތިބެވުނީސް
ކަންކަން ވެގެން ދިޔައީކީ ދެއްކެވި ވާހަކައާ އިދިކޮޅަށް

ރާއްޖޭގެ ހާލަތު މިއަދު މިއޮތީ ފައްޅިއަޅަން މަޖިލީހުގައި ވޯޓު ނުދިނަސް އެ ޕާޓީއަކުން އަޅާ ފިޔަވަޅާއެކު މެންބަރުކަމުގެ ގޮނޑި ގެއްލޭ ހާލަތުގައި ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވީ އިންސާފާއި ހަމަހަމާއެކު ވެރިކަން ކުރައްވާނެ ކަމުގެ އުއްމީދުގައި ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލު ކުރެއްވުމުގެ ބަދަލުގައި އަނިޔާވެރިވާން ފެށުމުން އެކަން އެހެން ނުކުރެއްވުމަށް ނަސޭހަތް ދެއްވިން ކަމަށެވެ. އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވީ ރައީސް ޔާމީން ސަރުކާރުގެ އަމަލުތައް އިސްލާހު ނުވުމުން ކަމަށް އޭނާ ވިދާޅުވި އެވެ. 

އިސްލާހީ މަސައްކަތާ ގުޅިވަޑައިގެންނެވުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ޝާހު ވިދާޅުވީ އޭނާއަށް ވެސް އިއްޒަތާއި ބާރާއެކު ސަރުކާރު ތެރޭގައި އުޅެވެން އޮތް ކަމަށާއި ނަމަވެސް އެގޮތުގައި ނުހުންނަވައި ނުކުމެވަޑައިގެންނެވީ ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ. 

"އަޅުގަނޑުމެން 12 މީހުން ނުކުތީ ވަރަށް ޗެލެންޖިންގ މަސައްކަތެއްގައި. އަޅުގަނޑުމެންނަށް އެނގޭ ރައްޔިތުންގެ މަޖިލީހަށް ނުވަދެވުން އެކަނި ނޫންކަން ކުރިމަތިވާނީ. ތަފާތު އެތައް ގޮންޖެހުން ތަކަކާއި ތަފާތު އެތައް ބިރުވެރިކަމަކާ ކުރިމަތިލާން ޖެހޭނެކަން އެނގި ތިބެ ނުކުތީ،" ޝާހު ވިދާޅުވިއެވެ.

"މިއަދު ކަންކަން މިއޮތް މަގަކީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއް ތަމްސީލް ކުރައްވާ ކޮންމެ މެންބަރަކު އެޕާޓީއެއްގެ ސުލޫކީ ކޮމެޓީއަކުން ފިޔަވަޅު އަޅާފައި މިތަނުގައި ފައްޅިއަޅާށޭ ބުންޏަސް، ދިވެހިން ކަރަށް ރާ އަޅަން ބުންޏަސް އެކަންކަމަށް ތާއީދު ނުކޮށްފިނަމަ ސުލޫކީ ކޮމެޓީން އެމެންބަރެއްގެ ގޮނޑިއާމެދު ސުވާލު އުފައްދާ ހިސާބުގައި." 

ޝާހު ވިދާޅުވީ ހައްޤުގެ މަގުގައި ބަޔަކު ތިބި ކަމަށް ބުނެ ބަޔަކު ހިމޭނުން ތިބޭ ކަމަށާއި ކޮންމެ ބަޔަކު އަނިޔާވެރިވިއަސް އަނިޔާވާނީ އަނިޔާއަށް ކަމަށެވެ. އެހެންކަމަށްވާނަމަ ޙައްޤުގެ ގޮތުގައި ތިބޭ ބަޔަކު ނަމަ ހައްޤުގެ މަގުގައި ބަސްބުނަން ޖެހޭނެ ކަމަށް ޝާހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް