ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 23:35
ޥީލާގެ ރިސޯޓްތަކުގައި ފުލުހުންނާއި ކަސްޓަމްގެ އޮފިޝަރުން ހަރަކާތްތެރި ވަނީ ވ
ޥީލާގެ ރިސޯޓްތަކުގައި ފުލުހުންނާއި ކަސްޓަމްގެ އޮފިޝަރުން ހަރަކާތްތެރި ވަނީ ވ
ރާއްޖެއެމްވީ
ވިލާގެ ރިސޯޓްތަކަށް އެރުން
ވިލާގެ މުވައްޒަފުންގެ ހައްގުގައި މަސައްކަތްތެރިން ތެދުވަން ގޮވާލައިފި
މަސައްކަތްތެރިން ވިލާ ގުރޫޕްގެ މުވައްޒިފުންގެ ޙައްގުގައި ތުދުވުމަށް ވަނީ ގޮވާލާފަ

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުން ވިލާ ގުރޫޕްގެ މުވައްޒިފުންގެ ހައްގުގައި ތެދުވުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ.

ވިލާ ގްރޫޕްގެ ރިސޯޓްތަކާމެދު ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ކުށްވެރިކޮށް ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ލޭނާރު ކަމުގައިވާ ފަތުވެރިކަމުގެ ސިނާއަތަކީ މި ގައުމުގެ މަސައްކަތްތެރިންނާއި ގިނަ ބައެއްގެ ދިރިއުޅުން ބަރޯސާވެފައިވާ ދާއިރާއެއް ކަމަށެވެ.

ވިލާ ގުރޫޕްގެ ރިސޯޓްތަކަށް ސަރުކާރުގެ މުއައްސަސާތަކުން އަރައި ހިންގަމުންދާ އޮޕަރޭޝަންތަކާ ގުޅިގެން އެ ރިސޯޓްތައް ހިންގުމަށް ދަތިވެ، ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އޮތްއިރު، އެކަމުގެ ސަބަބުން އެރިސޯޓްތަކުގައި ތިބި އެތައް ސަތޭކަ މުވައްޒިފުންނާއި، ރިސޯޓްތަށް ހިންގުމުގައި ގުޅިފައި ހުރި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ނުހަނު ބޮޑަތި ގެއްލުން ލިބޭނެ ކަމެއް ޓީމުން ބުނެ އެވެ.

އެހެންވެ، މި ހުރިހާ ފަރާތްތަކެއްގެ ހައްގުގައި ތެދުވުން މުހިންމު ކަމަށް ޓީމުން ގޮވާލާފައިވެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް