ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 22:27
އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މްންބަރު އިބުރާހިމް މުހައްމަދު ސޯލިހު
އެމްޑިޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މަޖިލީހުގެ ހިންނަވަރު ދާއިރާގެ މްންބަރު އިބުރާހިމް މުހައްމަދު ސޯލިހު
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ފުރަތަމަ ޗޮއިސްއަކީ ރައީސް ނަޝީދު: އިބޫ
ފެންނަނީ ވޯޓަކަށް ނުގޮސް ވެރިކަމުގައި ދެމި ހުންނެވޭނެ ގޮތެއް ހޯއްދެވުމަށް އުޅުއްވާ ތަން
ރައީސް ޔާމީން ބަލިކުރުމަށް އެންމެ ރަނގަޅު ކެންޑިޑޭޓަކީ ރައީސް ނަޝީދު
ރައީސް ޔާމީން ބަލިކުރެވޭނެ ކެންޑިޑޭޓެއް ނެރެވޭނެ

ފުރަތަމަ ޗޮއިސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެނޑިޑޭޓެއްގެ ގޮތުގައި ނެރުން ކަމަށާއި ހުރިހާ ދިރާސާއަކުންވެސް ދައްކަނީ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އެންމެ ރަނގަޅު ކެންޑިޑޭޓަކީ ރައީސް ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ވާދަނުކުރެއްވޭ ހާލަތެއް އަތުވެއްޖެ ނަމަ، އިންތިޚާބުގައި ވާދަ ކުރެއްވޭނެ ވަރަށް ގާބިލު ބޭފުޅުން އެބަ ތިއްބެވި ކަމަށެވެ. ނަމަވެސް ކޯލިޝަންގެ މިވަގުތުގެ އެންމެ ބޮޑު އަމާޒަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދުން ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެނަށް މިވަގުތު އެންމެ މުހިއްމު އެއްކަމަަކީ ރައީސް ޔާމީން ބަލިކުރެވޭނޭ ފޯމިއުލާއެއް ނެރުން" އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގާސިމް އިބުރާހިމްއަކީ ވެސް ވަރަށް ގާބިލި ބޭފުޅެއްކަމަށާއި، ރައީސް ނަޝީދާއި ގާސިމް އިބްރާހިމަށް އިންތިހާބަށް ކުރިމަތި ނުލެެއްވޭނެ ހާލަތެއްގައި، ދެން މަސައްކަތް ކުރާނީ އެންމެ ފަސޭހައިން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ބޭފުޅަކު ނެރެން ކަމަށެވެ. އެކަން ކުރެއްވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރައީސް ޔާމީން އިންތިޚާބަކަށް ތައްޔާރުވާ މަންޒަރު ފެންނަމުން ދާއިރު، ރިޔާސީ އިންތިޚާބުގައި ކިރިޔާވެސް ވާދަކޮށްފާނޭ ހެން ހީވާ ބޭފުޅުން ހިފައި ހައްޔަރުކުރަމުންދާނެ ކަމަށާއި، ފެންނަމުންދަނީ ވޯޓަކަށް ނުގޮސް ވެރިކަމުގައި ދެމިހުންނެވޭނެ ގޮތްތަކެއް ހޯއްދެވުމަށް އުޅުއްވާތަން ކަމަށް އިބޫ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި ބޭފުޅުން ބަދަލުކޮށްގެން ނޫނީ މިނިވަން އިންސާފުވެރި އިންތިޚާބެއެް ނުބޭއްވޭނޭކަމަށް އިބޫ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލާފައިވާއިރު، އެކަމަށް އިޝާރަތް ކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިނިވަންކަމާއެކު ހިންގޭނެ ގޮތެއް ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް