ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 20:22
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އައްޔަން ކޮށްފައިވާ އަފްޝާން ލަތީފު
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އައްޔަން ކޮށްފައިވާ އަފްޝާން ލަތީފު
ރާއްޖެއެމްވީ
އެމްޑީޕީ
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލްގެ ނައިބުގެ މަޤާމަށް އަފްޝާން އައްޔަން ކޮށްފި
އަފްޝާން ވަނީ އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވާފައި
އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނަރަލްގެ މަޤާމަށް އަފްޝާން ލަޠީފް މިއަދު އައްޔަން ކޮށްފިއެވެ.

އެމްޑީޕީން ބުނީ އެ މަޤާމަށް އަފްޝާން އައްޔަން ކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހު އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުމުން، މަޤާމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން 3 ފަރާތަކާއި އިންޓަވިއު ކުރުމަށްފަހު ކަމަށެވެ.

އަފާޝާން ލަޠީފަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވައި މަދަނީ އަދި ސިޔާސީ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ކަނބަލެކެވެ. އެގޮތުން 2008 ވަނަ އަހަރު ރާޢްޖޭގައި ބޭއްވުނު އެންމެ ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައިވެސް ޢަމަލީގޮތުން މަސައްކަތްކުރައްވައި އިންތިޚާބާއި، ވޯޓުލުމާއި އައު ޤާނޫނު އަސާސީއާ ގުޅޭ ގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް މަދަނީ ޖަމުޢިއްޔާތަކާއި އެކު އަފްޝާން މަސައްކަތް ކުރެއްވިއެވެ.

އެއަށްފަހު، 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑެޕިއުޓީ އަންޑަރސެކްރެޓަރީއެއްގެ މަޤާމުގައި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، އެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރެވުނު އެކިއެކި ކަންކަމުގައި އަފްޝާން މަސައްކަތް ކުރެއްވިއެވެ. އަދި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު ރައީސް އޮފީހުން އިސްތިއުފާ ދެއްވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަފްޝާން ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު 2016 ވަނަ އަހަރު މާލެ ސިޓީގެ މައްޗަންގޮޅި ދާއިރާއިން ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހޮވިވަޑައިގެން އަންހެނުންގެ ކުރިއެރުމަށް ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި އދ. އާއިއެކު އެކިއެކި ޕްރޮގްރާމްތައް ހިންގެވުުމުގައި މަސައްކަތް ކުރެއްވިއެވެ.

އަފްޝާންއަކީ ލިޔުންތެރިކަމަށް ޝައުގުވެރިކަން ހުންނަ، ސަރުކާރާއި، ސިޔާސީ ޕާޓީތަކާއި، މުވައްސަސާތަކާއި، މަދަނީ ޖަމްޢިއްޔާތައް އަދި މީޑިޔާއާއިއެކު ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ.

ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ގޮތުގެ މަތީން އަމީން އާންމުގެ ނައިބުގެ މަސްއޫލިއްޔަތުތަކަކީ ޤައުމީ މަޖިލިހާއި، ޕާޓީގެ ޗެއާޕާސަންގެ ލަފާގެ މަތީން ޕާޓީގެ އިންތިޒާމްތަކާއި އިދާރީ ކަންކަން ބެލެހެއްޓުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
22 ޖެނުއަރީ 2018 | ހޯމަ 20:54
ސިންބެ
Kobaitho thibunaa mathee thauleemakee. Digreetho masterstho hedhi ehcheh haamakobbala pass nuvaneetho hamaekani matheethauleemah kiyavan ulhuveeetho
22 ޖެނުއަރީ 2018 | ހޯމަ 20:21
ހާދަ ރީއްޗޭ،
ހާދަ ރީއްޗޭ،