ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 19:03
ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ހޯމަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރާއްޖެއެމްވީ
ވިލާގެ ރިސޯޓްތަކަށް އެރުން
ކެމްޕެއިނަށް ބޭނުންވާ ފައިސާ ރައީސް ޔާމީނަށް ނުދޭ ކޮންމެ ރިސޯޓަކަށް އަރާނެ: ގުޅިފައިވާ ޕާޓީތައް
ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ބޭނުމެއް މިއަދު ރައީސް ޔާމީނަށް ނެތް: އަލީ ޙުސައިން
ވިލާގެ މުވައްޒަފުންގެ ޙައްޤުގައި އެހެން މަސައްކަތްތެރިން ތެދުވަން ޖެހޭ
ކަސްޓަމްސްއިން އަމަލުކުރީ ޤާނޫނާއި، ކޯޓު އަމުރާއިވެސް ޚިލާފަށް

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް ޚަރަދު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނަށް ފައިސާ ނުދޭ ކޮންމެ ވިޔަފާރިވެރިއެއްގެ ރިސޯޓަކަށްވެސް މި ސަރުކާރުން އަރާނެކަމަށް އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، އަލީ ޙުސައިން ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުގެ ބޭނުމެއް މިއަދު ރައީސް ޔާމީނަށް ނެތް ކަމަށާއި، އެމަނިކުފާނަށް މުހިއްމީ ފައިސާ ކަމަށެވެ.

"ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ދިވެހިރާއްޖޭގަ މިވަގުތު ތިބި ވިޔަފާރިވެރިން، ނުވަތަ ރިސޯޓް އޯނަރުންގެ މައްޗަށް ބަރޯސާ ނުވެ، ދެހާސް އަށާރައިގެ ރިޔާސީ އިންތިޚާބު ކާމިޔާބު ވާނެ ކަމަށޭ، ރައީސް ޔާމީން ހިސާބު ޖައްސަވަނީ. އެހެންވީމަ ހަޤީޤަތުގަ ރައީސް ޔާމީނަކަށް މިވަގުތު ރާއްޖޭގަ ތިބި، ރިސޯޓް އޯނަރުންނެއް، އަދި ފަތުރުވެރިކަމުގެ ސިނާއަތުގަ ތިބި ބޮޑެތި މީހުންގެ ބޭނުމެއް މާބޮޑަކަށް ރައީސް ޔާމިނަކަށް ނެތް. ހަމައެކަނި އެ ބޭނުންވާ އެއްޗަކީ ފައިސާ. އެހެންވީމަ އެ ކެމްޕެއިނަށް ބޭނުންވާ ފައިސާ، މިވަގުތު އެ ތިބި ރިސޯޓް އޯނަރއެއް ގާތު ދޭން ބުނުމުން ނުދީފިއްޔާ އެއިން ކޮންމެ ރިސޯޓަކަށްވެސް އަރާނެ. އަޅުގަނޑުމެންނަށް ޔަޤީންވޭ އަރާނެ. އެއްވެސް މީހަކަށް މީގެ ސަބަބުން އެއްވެސް ރައްކާތެރިކަމެއް ލިބޭކަށް ނެތް" އަލީ ޙުސައިން ވިދާޅުވިއެވެ.

އަލީ ޙުސައިން ވިދާޅުވީ މީހަކަށް ގެއްލުމެއް ލިބޭ ދުވަހު އޭނާގެ ދިފާޢުގައި ތިމާ ނުނިކުންނަ ނަމަ، ތިމާއަށް ގެއްލުމެއް ލިބޭ ދުވަހު ތިމާގެ ދިފާޢުގައި ނުކުންނާނެ މީހަކުވެސް ނުހުންނާނެ ކަމަށެވެ.

އެގޮތުން ވިލާގެ ފަސް ރިސޯޓްގައި މަސައްކަތް ކުރާ 3952 މަސައްކަތްތެރީންގެ ޙައްޤުގައި އެހެން މަސައްކަތްތެރިންވެސް އެފަރާތްތަކާއިއެކު ތިބިކަން ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތައް، ވިލާގެ މުވައްޒަފުންނާއިއެކު ތިބިކަން ހާމަކޮށް ތެދުވަން ޖެހޭ ކަމަށް އަލީ ޙުސައިން ވިދާޅުވިއެވެ.

ސަރުކާރުން ވިލާގެ ރިސޯޓްތަކަށް އަމާޒުކޮށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެ ރިސޯޓްތަކުގައި މަސައްކަތްކުރާ 3952 މަސައްކަތްތެރީންނާއި އެމީހުންގެ އާއިލާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެކަން އަލީ ހުސައިން ފާޙަގަކުރެއްވެވި އެވެ. 

ކަސްޓަމްސްއިން ވިލާގެ ފަން އައިލެންޑަށް އަރައި އެރަށުގައި ހުރި ރަލުގެ ސްޓޮކް ގެންދިއުމާއި ގުޅިގެން އެކަމަށް އަލިއަޅުއްވާލައްވައި އަލީ ޙުސައިން ވިދާޅުވީ، ކަސްޓަމްސް އަކީ ޖިނާއީ ތަޙުޤީޤު ހިންގުމުގެ އެއްވެސް ހައިސިއްޔަތެއް އޮންނަ މުއައްސަސާއެއް ނޫން ކަމަށާއި އެކަން ކޮށްފައިވަނީ ކްރިމިނަލް ކޯޓުން ދިން އަމުރާއި ޚިލާފަށް ކަމުން، އެފަރާތްތަކުން އެ ކުރީ ޤާނޫނާއި ކޯޓު އަމުރާއިވެސް ޚިލާފު އަމަލެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް