ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 18:59
ފަން އައިލެންޑްގެ ގުދަނުގައި ހުރު ރަލައި އޫރުމަސް ކަސްޓަމްސްއާއި ފުލުހުން ގެންދަނީ
ފަން އައިލެންޑްގެ ގުދަނުގައި ހުރު ރަލައި އޫރުމަސް ކަސްޓަމްސްއާއި ފުލުހުން ގެންދަނީ
މުހައްމަދު ޝަރުހާން
ވިލާގެ ރިސޯޓްތަކަށް އެރުން
ރަލާއި އޫރުމަސް ވިއްކުމަށް ވިލާގެ ރިސޯޓުތަކަށް ވަގުތީ ހުއްދައެއް ދެނީ
ވަގުތީ ހުއްދައެއް ދިނުމަށް އެ މިނިސްޓްރީން ނިންމީ މަޓީއާއި މަޝްވަރާކުރުމަށްފަހު
އެގޮތަށް ނިންމީ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށް މިނިސްޓްރީން ބުނޭ
ޓޫރިޒަމަކީ ރާއްޖޭގެ އިޤްތިސާދަށް މުހިންމު ސިނާއަތެއްކަމަށް މިނިސްޓްރީންވެސް ގަބޫލުކުރަން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެރެކުރުމަށް 14 ދުވަހުގެ ވަގުތީ ހުއްދައެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

 

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި އެ މިނިސްޓްރީން ބުނެފައިވަނީ ވަގުތީ ހުއްދައެއް ދިނުމަށް އެ މިނިސްޓްރީން ނިންމީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި އަދިވެސް އެހެނިހެން ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށެވެ. އެގޮތަށް ނިންމީ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

 

މިނިސްޓްރީން ބުނެފައިވަނީ ޓޫރިޒަމަކީ ރާއްޖޭގެ އިޤްތިސާދަށް މުހިންމު ސިނާއަތެއްކަމަށް މިނިސްޓްރީންވެސް ގަބޫލުކުރާކަމަށެވެ. އެހެންކަމުން ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންގެ ހިތްހަމަޖެހުމަށް ވަގުތީ ހުއްދައެއް ދިނުމަށް އެދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓަށް ހުށައަޅާފައިވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. ޓޫރިޒަމް ދާއިރާގައި، ޓޫރިސްޓުންނާ ގުޅުން ހުރި ހިދުމަތްތައް ލިބެން ހުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

 

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވި ވިލާ ހޮޓެލްސް އެންޑް ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީން ވަގުތީ ހުއްދައެއް ދިނުމަށް ނިންމާފައިވާކަން އަންގާފައިނުވާކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އަނގަބަހުންވެސް އަދި ލިޔުމުންވެސް ހިއްސާކޮށްފައިނުވާކަމަށް އެއޮފިޝަލް ވިދާޅުވި އެވެ.

 

ގާސިމްގެ ރިސޯޓްތަކަށް ރަލާއި އޫރުމަސް އެތެރެކުރުން މަނާކުރީ، އެ ރިސޯޓްތައް ހުއްޓުމަކަށް ގެނެސް، އިސްލާހީ މަސައްކަތުގައި ގާސިމް ކުރައްވާ މަސައްކަތް ހުއްޓުވަން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 ޖެނުއަރީ 2018 | ހޯމަ 19:29
ގާސިމް
ކޮންތާކު މިޖެހުނީ ދެން ލަލަލަލާ