ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 18:52
އެމްއާރުޑީސީގެ ނޫސްވެރިންގެ ބައްދަލުވުމެއް
އެމްއާރުޑީސީގެ ނޫސްވެރިންގެ ބައްދަލުވުމެއް
ފާތިމަތު ޝަނާ މުހައްމަދު
އެމްއާރުޑީސީ
އެމްއާރުޑީސީ އުވާލުމަށް ބޯޑުން މަޝްވަރާކުރަނީ
ގިނަ މަސައްކަތްތައް ބަދަލުކުރަނީ ހައުސިންއަށް

ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލުމުގެ މަޝްވަރާތައް އެކުންފުނީގެ ބޯޑުން ކުރަން ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުންގައި އެމްއާރުޑީސީގެ ބޯޑުން އެ ކުންފުނި އުވާލުމުގެ މަޝްވަރާ ކުރަން ފަށާފައި ވަނީ އާދީއްތަ ދުވަހު އެވެ. މިކަމާ ގުޅިގެން ކުންފުނީގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއާރުޑީސީ އުވާލުމަށް ފަހު އެކުންފުނީގެ މަސައްކަތްތައް ސަރުކާރުގެ މިނިސްޓްރީތަކާ ހަވާލުކުރުމަށް މަޝްވަރާ ކުރިއެވެ. އެމްއާރުޑީސީގެ ގިނަ މަސައްކަތައް ބަދަލުކުރަނީ ހައުސިން މިނިސްޓްރީގެ ދަށަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްއާރުޑީސީ އުވާލުކަމުގެ އަޑުތަކެއް ފުތުރެމުން ދާއިރު، އެ ކުންފުނީގައި ކޮރަޕްޝަންގެ ބޮޑަތި މައްސަލަތަކެއް އުޅޭ ކަމަށް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް