ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 18:33
ވިލާ ރިސޯޓްތަކުގެ މުވައްޒިފުން މުޒާހަރާ ކުރަނީ
ވިލާ ރިސޯޓްތަކުގެ މުވައްޒިފުން މުޒާހަރާ ކުރަނީ
ރާއްޖެއެމްވީ
ވިލާގެ ރިސޯޓްތަކަށް އެރުން
މައްސަލަ ހައްލުވަންދެން ވިލާގެ ރިސޯޓްތަކުގައި މުޒާހަރާކުރަނީ
ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު މުވައްޒިފުން ދަނީ މުޒާހަރާ ކުރަމުން

ވިލާގެ ރިސޯޓްތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރާތީވެ އެކަމާ ދެކޮޅަށް އެ ރިސޯޓްތަކުގައި މިއަދު ވެސް މުޒާހަރާކޮށްފި އެވެ. 

ހޯމަ ދުވަހު މެންދުރު ފަހު ސަން އައިލެންޑް ރިސޯޓްގައި މުޒާހަރާކޮށްފައިވާއިރު، ހޮލިޑޭ އައިލެންޑާއި ރޯޔަލް އައިލެންޑްގެ މުވައްޒަފުން ވެސް ދަނީ ކަންބޮޑުވުންފާޅުކޮށް މުޒާހަރާ ކުރަމުނެވެ. ފަން އައިލެންޑްގެ ރާ ގުދަނުގައި ހުރި ރާތައް ކަސްޓްމްސްއިން ގެންގޮސްފައި ވާއިރު، ހޯމަ ދުވަހު އެ ރިސޯޓްގެ މުވައްޒަފުން ވެސް ވަނީ މުޒާހަރާކޮށްފަ އެވެ.

ސަރުކާރާ ދެކޮޅު ޝުއޫރު ލިޔެފައިވާ ބޯޑުތަކާއެކު ރިސޯޓްތަކުގައި މުޒާހަރާކޮށްފައިވާއިރު އެ ރިސޯޓްތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން ވެސް އެބަ ތިއްބެ އެވެ.

ވިލާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ވިލާގެ ރިސޯޓްތައް ހުއްޓުމަކަށް ގެނައުމަށް ކަމަށާއި އެހެން ނޫންނަމަ ގާނޫނާ އެއްގޮތަށް އެތެރެކޮށްފައި ހުރި ބަނގުރަލެއް ނުގެންދާނެ ކަމަށެވެ. އެހެން ނޫންނަމަށް އެ ރިސޯޓްތަކަށް ރާއްޖޭން ބޭރުން ރާ އެތެރެކުރުމުގެ ހުއްދަ ބާތިލް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

ފަން އައިލެންޑްގައި ހުރި ބަނގުރާ ސްޓޮކް ގެންދިޔުމަކީ ފޭރުމުގެ އަމަލެއް ކަމަށާއި މި މައްސަލައިގައި ޕޮލިހާއި ކަސްޓަމްސް އަދި މީރާގެ 37 މުވައްޒަފެއްގެ މައްސަލަ ޕޮލިހަށާއި ނެޝެނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާނެ ކަމަށް އެ ކުންފުނީގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް