ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 18:05
ހުކުރު ދުވަހު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގެ ބައިވެރިން
ހުކުރު ދުވަހު އެމްޑީޕީގެ ހަރުގެ ކުރިމަތީގައި ބޭއްވި އެއްވުމުގެ ބައިވެރިން
މުރުޝިދް އަބްދުލް ހަކީީމް
ޕޮލިސް
ހުއްދަ ނޫން ތަނަކަށް އެއްވިކަމުގެ ތުހްމަތުގައި ޝިފާޒާއި ނިޔާޒު އަދި އަލީ އާޒިމް ޕޮލިހަށް
ޝިފާޒު ހާޒިރުވާން ޖެހެނީ މާދަމާ 17.00 ގައި
ނިޔާޒު އަށް ހާޒިރުވާން ޖެހެނީ މާދަމާ ރޭ 22.00ގައި

ހުއްދަ ނޫން ތަނަކަށް އެއްވުމުގެ ތުހްމަތުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ޕޮލިހަށް ހާޒިރުވުމަށް ޗިޓް ފޮނުވައިފި އެވެ. 

ހޯމަ ދުވަހު ޗިޓް ފޮނުވާފައި ވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ޗެއާޕާސަން ނާއިބު އިދާރީ އަލީ ނިޔާޒާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އަދި އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސް ހަސަން އަހްމަދު (ހަސަންޓޭ) އެވެ. 

ޝިފާޒު ޕޮލިހަށް ހާޒިރުވާން އަންގާފައިވަނީ އަންގާރަ ދުވަހު 17:00 ގަ އެވެ. ހަސަން އަހަމްދު އަންގާރަ ދުވަހު 18:30 އަށް ޕޮލިހަށް ހާޒިވާން ޖެހޭއިރު، އަލީ އާޒިމް ހާޒިރުވާން ޖެހެނީ 20:30 އަށެވެ. އަދި 22:00 އަށެވެ. 

މި ބޭފުޅުން ޕޮލިހަށް ހާޒިރުކުރަނީ އެއްވުން މަނާ ސަރަހައްދަކަށް ހުއްދަ ނުނަގައި އެއްވެ އިހްތިޖާޖް ކުރިކަމުގެ ތުހްމަތުގަ އެވެ. 

ބެލެވޭ ގޮތުން ބޭފުޅުންގެ މައްޗަށް ތުހްމަތުކޮށްފައި ވަނީ މި މަހުގެ 19 ދުވަހު އެމްޑީޕީގެ ހަރުގެ ކުރިމަތީ އިދިކޮޅު ފަރާތްތަކުން ކުރި އިހްތިޖާޖާ ގުޅިގެންނެވެ. އެ އިހްތިޖާޖު ހިނގި ވަގުތު އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ގިނަ ބަޔަކު ބައިވެރިވެފައިވީ ނަމަވެސް މި ހަތަރު ބޭފުޅުން ފިޔަވައި އެހެން މީހަކު ޕޮލިހަށް ހާޒިރުވުމަށް ހާޒިރުވުމަށް އެންގި ކަމެއް އަދި އެނގިފައެއް ނުވެ އެވެ. 

ހަރުގެ ކުރިމަތީގައި އިހްތިޖާޖުކޮށްގެން މީގެ ކުރިން މިގޮތަށް ޕޮލިހަށް މީހަކު ހާޒިރުކޮށްފައެއް ނުވެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް