ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 16:07
ފުލުހުން ފަން އައިލެންޑް ފާސްކުރަނީ
ފުލުހުން ފަން އައިލެންޑް ފާސްކުރަނީ
ރާއްޖެ އެމްވީ
ރާއްޖެ - ޖަރމަނީ
ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި
ރިސޯޓްތައް ފާސްކުރުމުން ފަތުރުވެރިންނަށް އޭގެ ނޭދެވޭ އަސަރުކުރި
ރިސޯޓްތައް ފާސްކުރުމަކީ ޖަރމަނީ އިން ކަންބޮޑުވާ ކަމެއް
ޖަރމަނީ ރައްޔިތުންނަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކުރި ކަމަށް ވިދާޅުވި

ސަރުކާރުން ވިލާ ގްރޫޕްގެ ރިޒޯޓްތަކަށް އަރާ، ފާސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ފަތުރުވެރިންނަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ ޖަރުމަނީ އިން އެގައުމުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިސް ބަދަލުކޮށްފިއެވެ.

ޖަރމަނީ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ ޔޯޣަން ރޯޑަރ ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ފުލުހުންނާއި ކަސްޓަމްސް އިން ގިނަ ރިސޯޓްތަކެއް ބަލާ ފާސްކުރުމަކީ އެގައުމުން ކަންބޮޑުވާކަމެއް ކަަމަށެވެ. އަދި، މީގެ ސަބަބުން، ފަތުރުވެރިންނަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ރިސޯޓްތަކުގެ މަންދޫބުން މައުލޫމާތު ދެއްވާފައިވާ ކަަމަށް ވެސް ރޯޑަރ ފާހަގަކުރެއްވިއެވެ.

ހިނގައިދިޔަ ކަންކަމާ ގުޅިގެން، އެގައުމުން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިސް ބަދަލުކޮށްފައިވާ ކަމަށް ވެސް އެމްބެސެޑަރ ވިދާޅުވިއެވެ.

ޓެްރެވަލް އެޑްވައިސް ބަދަލުކޮށްފައިވާ ކަމަށް އެމްބެސެޑަރ އިއުލާން ކުރެއްވި ނަމަވެސް، ޖަރުމަނީގެ ރަސްމީ އެއްވެސް ވެބްސައިޓެއްގައި އަދި އެކަން ހާމަކޮށްފައެއް ނުވެއެވެ.

ވިލާ ގްރޫޕްގެ ރިޒޯޓްތަކަށް ފުލުހުންނާއި ދައުލަތުގެ މުއައްސަސާތައް އަރައި، ފާސްކުރުމަކީ ސީދާ ބިރު ދެއްކުން ކަމަށް ގިނަ ފަރާތްތަކުން ބުނަމުންދާ އިރު، އިދިކޮޅު ފަރާތްތަކުން ވަނީ މީގެ ސަބަބުން އިޔާދަ ނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް