ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 16:01
ފުލުހުން ހޯދަމުންދާ މީހާ
ފުލުހުން ހޯދަމުންދާ މީހާ
ޕޮލިސް
މީހަކު ހޯދަން އިއުލާން ކުރުން
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޏ. ފުވައްމުލަކުން މީހަކު ހޯދަނީ
ހޯދަމުންދަނީ އުމުރުން 30 އަހަރުގެ މީހެއް

ފުލުހުން ތަހްގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޏ. ފުވައްމުލައް، ހޯދަޑު ޒަމާނީވިލާ، އުމުރުން 30 އަހަރުގެ މުހައްމަދު އަހްމަދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މީހާ ހޯދަން އިއުލާން ކޮށްފައިވަނީ ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ފަރާތުން ތަހްގީގު ކުރަމުންދާ އަމުރަށް ނުކިމަންތެރިވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ވީމާ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9792803 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް