ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 14:32
ްއެންއައިސީގެ މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަނީ
ްއެންއައިސީގެ މެމްބަރުން ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް ޓްވިޓާ
އެންއައިސީ
އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައި
މާނިއު މެމްބަރުކަމުގެ މަގާމުން ވަކިކޮށްފައި ވަނީ ފުލުހުންނަށް ފާޑުވިދާޅުވެފައި ވަނިކޮށް

ނެޝަނަލް އިންޓަގްރިޓީ ކަމިޝަން (އެންއައިސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، މިއަދުން ފެށިގެން 31 ޖަނަވަރީ ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިއުލާންކުރާ ކަމަށެވެ.

އިއުލާނުގައި ވަނީ އެންއައިސީގެ މެމްބަރަކަށް ކުރިމަތިލާ މީހެއްގެ ހުންނަން ޖެހޭ ޝަރުތުތައް އެ އިއުލާނުގައި ވަނީ ހިމަނާފައެވެ. 

އެންއައިސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެމުއައްސަސާގެ ރައީސްގެ މަގާމުގައި ހުންނެވި ޔޫސުފް މާނިއު މުހައްމަދު ކޮމިޝަންގެ ރައީސްގެ މަގާމުންނާއި މެމްބަރުންގެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައެވެ.

އެންއައިސީގެ ރައީސްގެ މަގާމުންނާއި މެމްބަރުކަމުގެ މަގާމުން މާނިއު ވަކިކޮށްފައި ވަނީ އެންއައިސީން ކުރިއަށް ގެންދާ ބައެއް ތަހުގީގުތަކަށް ފުލުހުންގެ ބައެއް އިސްވެރިންގެ ފަރާތުން އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް