ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 13:54
އިދިކޮޅު ކޯލިޝަނުން އިއްޔެ ވަނީ އިލެކްޝަންސްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދި ހަތަރު ލީޑަރުންގެ ސިޓީއެއް ހަވާލުކޮށްފައި
އިދިކޮޅު ކޯލިޝަނުން އިއްޔެ ވަނީ އިލެކްޝަންސްގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދި ހަތަރު ލީޑަރުންގެ ސިޓީއެއް ހަވާލުކޮށްފައި
ރާއްޖެ އެމްވީ
އިދިކޮޅު ކޯލިޝަން
އިދިކޮޅު ކޯލިޝަނުން މިއަދުވެސް އިލެކްޝަންސް ކޮމިޝަނަށް!
ކޮމިޝަނަށް ދިޔައީ އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށް
އިއްޔެ ވަނީ ހަތަރު ލީޑަރުންގެ ސިޓީއެއް ވެސް ކޮމިޝަނަށް ހުށައަޅާފައި

އިދިކޮޅު ކޯލިޝަނުގެ ބައެއް މެމްބަރުން ހޯމަދުވަހު ވެސް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންފި އެވެ. 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އަލީ ނިޔާޒު ވިދާޅުވީ އާދިއްތަ ދުވަހު އެބޭފުޅުން އެ ކޮމިޝަނަށް ވަޑައިގެން ތިއްބެވީ، އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭތޯ ކަމަށެވެ. އަދި ބައްދަލު ވަންދެއް ނުވަތަ އޮފީސް ބަންދު ކުރަންދެން ތިއްބަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ކުރެއްވި ޓްވީޓެއްގައި، ހެޔޮއެދޭ ހުރިހާ ފަރާތްތަކުން އެބޭފުޅުންނަށް އެއްބާރުލުން ދެއްވުމަށް ކޮމިޝަން ހުންނަ ސަރަހައްދަށް ވަޑައިގެންދެއްވުން ގޮވާލައްވައިފައިވެ އެވެ. 

ގޮނޑިގެއްލިފައިވާ ކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ މައްސަލައިގައި އެ ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އެދި އިދިކޮޅު ހަތަރު ލީޑަރުންގެ ފަރާތުން ވެސް ކޮމިޝަނަށް ސިޓީއެއް ވަނީ ހުށަހަޅުއްވައިފަ އެވެ. 

އިދިކޮޅު ކޯލިޝަނުން ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެދި ވަޑައިގަތުމުން އެ ކޮމިޝަނުން ވަނީ އެބޭފުޅުންނަށް ސިޓީއެއް ހަވާލުކުރައްވާފައެވެ.

ކޮމިޝަންގެ ސިޓީގައި ބުނެފައިވަނީ، މެންބަރުންގެ މައްސަލައިގައި ކޮމިޝަންގެ މެންބަރުންނާއި ބައްދަލުކުރެއްވުމަށް އެދިފައިވާ އެޕއިންޓްމެންޓް ހަމަޖެއްސުމަށް ޖަލްސާއަކަށް އެޖެންޑާ ކުރުމަށްފަހު ޖަވާބެއް ދެއްވާނޭކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނީ ސިޓީ އެޑްރެސް ކުރައްވާފައި އޮތީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްއަށް އެކަނިކަމަށެވެ.

އިލެކްޝަންސް އިން މިއަދު ދިން ޖަވާބު

ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑީގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދިވެސް ސާފު ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ. މިކަން އެ މެންބަރުން ދަނީ ކަންބޮޑުވުމާއިއެކު ފާހަގަކުރައްވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް