ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 15:47
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް
ރާއްޖެއެމްވީ
ވެމްކޯ އިން ކުނިއުކާލުން
ރެޖިސްޓްރީ ނުކޮށް ކުނި އުކާލާ ފަރާތްތަކުގެ އަތުން 30ރ ނަގަނީ!
އަންނަ މަހުން ފެށިގެން ކާޑު ނެތް ނަމަ 30ރ. ގެ ފީއެއް ނެގޭނެ

ރަޖިސްޓްރީ ނުކޮށް، އަމިއްލައަށް ކުނި އުކާލާ ފަރާތްތަކުގެ އަތުން 30ރ ގެ ފީއެއް ނެގުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ނިންމައިފި އެވެ.

އެންވަޔަރަމަންްޓް މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވީ ވެމްކޯގައި ރެޖިސްޓްރީ ނުކޮށް އަމިއްލައަށް ކުށި އުކާލާ ފަރާތްތަކުގެ އަތުން 30ރ ގެ ފީއެއް އަންނަ މަހުން ފެށިގެން ނެގޭނެ ކަމަށެވެ، 

ގޭޓު ފީގެ ގޮތުގައި 30 ރުފިޔާ ނަގަން ނިންމާފައިވާއިރު ފީ ނަގަން ފަށާނީ އަންނަ މަހުން ފެށިގެން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

ތޯރިގް ވިދާޅުވީ ކުނި އުކަން ބޭނުންވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އަމިއްލައަށް ކުުނި އުކަން ބޭނުންވާ ފަރާތްތަކުން ވެމްކޯގައި ރަޖިސްޓްރީވުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލުމުން 3606 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ތޯރިގް ވިދާޅުވިއެވެ.

އަމިއްލައަށް ކުނި އުކަން ރަޖިސްޓްރީ ކުރުމުން އެކަން އަންގައިދޭ ކާޑެއް ވެމްކޯއިން އެ ފަރާތަކަށް ދޫކުރެއެވެ. އެ ކާޑު އޮންނަ ފަރާތްތަކުން 30ރ ގެ އެ ފީ ދައްކަން ނުޖެހޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.

ތޯރިގް ވިދާޅުވީ ރަޖިސްޓްރީ ކުރުމަށް އެއްވެސް ފައިސާއެއް ޚަރަދު ކުރަން ނުޖެހޭ ކަމަށާއި، އެހެންކަމުން އަމިއްލައަށް ކުނި އުކާލަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުން އެދޭ ކަމަށެވެ. އަދި އަންނަ މަހުން ފެށިގެން ކާޑު ނެތި ކުނި އުކާލަން އަންނަ ފަރާތްތަކުގެ އަތުން ފީ ނެގޭނެ ކަމަށާއި އެކަންކަން ކުރިއަށްވުރެ ރަނގަޅަށް މޮނީޓަރ ކުރަމުން ދާނެ ކަމަށްވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް