ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 12:48
ރައީސް ނަޝީދު ލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރައީސް ނަޝީދު ލަންކާގައި ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ރާއްޖެ އެމްވީ
ރައީސް ނަޝީދު
އިންތިޚާބުގައި ބައިވެރިވުމުގެ ހައްގު ހޯދުމަށް އދ. އަށް ހުށަހަޅައިފިން: ރައީސް ނަޝީދު
ރައީސް ނަޝީދު ހުންނެވީ 13 އަހަރުގެ ޖަލު ހުކުމެއްގައި
އދ. ގެ ނިންމުމަށް ރައީސް ޔާމީން ބޯނުލަނބަފާނެ
އދ. ނިންމުމާ ދެކޮޅަށް ބާއްވައިފި ނަމަ އިންސާފުވެރި އިންތިޚާބަކަށް ނުވާނެ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ހައްގު ހޯދުމަށް އދ. އަށް ހުށަހަޅުއްވައިފި ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލަންކާގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ރައީސް ނަޝީދު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށްޓަކައި ކުރަންޖެހޭ ކަންކަން އެމަނިކުފާނުގެ ވަކީލުން ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އެމަނިކުފާނަށް އިންތިޚާބުގައި ވާދަކުރެވޭނެ މަގެއް ތަނަސްކުރުމަށް އދ. ގައި އެދިފައިވާނެ ކަމަށެވެ. 

ރައީސް ނަޝީދު ވިދާޅުވީ އދ. އިން ނިންމާ ގޮތަކަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯނުލަނބަފާނެ ކަމަށާއި އެހެން ވެއްޖެ ނަމަ އެއީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ނުވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ބައިނަލްއަގުވާމީ މުޖުތަމައުއިން ވެސް މަޑުން ނޯންނާނެ ކަމަށެވެ. 

މިހާރު އޮތް ގޮތުން ރާއްޖޭގައި ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅަނީ ސިޔާސީ ޕާޓީތަކުން ނޫން ކަމަށާއި އެކަން ކަނަޑައަޅަނީ ރައީސް ޔާމީން ކަމަށެވެ. އެހެން ނަމަވެސް އެހެން ވިޔަ ނުދިނުމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރާއްޖޭގެ ފުރަތަމަ ޑެމޮކްރެޓިކް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ސިޔާސީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް ސިޔާސީ ހަރަކާތްތަކުގައި އެ މަނިކުފާނަށް ބައިވެރިވުން މަނާކުރުމަށް ކުރާ މަސައްކަތާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި އދ. އިން މާޗް ނުވަތަ އޭޕްރީލް މަހުގެ ތެރޭގައި ގޮތެއްގައި ނިންމާނެ ކަމަށް ބެލެވޭ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް