ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 08:59
ފެމިލީ ކޯޓުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދާ ޖަސްޓިސް ބިލްޑިންގ
ފެމިލީ ކޯޓުގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދާ ޖަސްޓިސް ބިލްޑިންގ
މުހައްމަދު ޝަރުހާން
ޝަރުއީ ކޯޓްތައް
މިދިޔަ އަހަރު ކޯޓުތަކަށް އެންމެ ގިނައިން ހުށަހެޅުނީ އާއިލީ މައްސަލަތައް!
ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 46 އިންސައްތައަކީ އާއިލީ މައްސަލަ
ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 28 އިންސައްތަ މައްސަލައަކީ މަދަނީ މައްސަލަ
ޖިނާއީ މައްސަލައިގެ ނިސްބަތަކީ ހުށަހެޅުނު މައްސަލަތަކުގެ 26 އިންސައްތަ

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ކޯޓުތަކަށް އެންމެ ގިނައިން ހުށަހެޅުނީ އާއިލީ މައްސަލަތައް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ހުށަހެޅިފައި ވަނީ އާއިލީ މައްސަލަތަކެވެ. އެގޮތުން، ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 46 އިންސައްތައަކީ އެކިއެކި އާއިލީ މައްސަލަތަކެވެ.

ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 28 އިންސައްތަ މައްސަލައަކީ މަދަނީ މައްސަލައެވެ. އަދި ޖިނާއީ މައްސަލައިގެ ނިސްބަތަކީ ހުށަހެޅުނު މައްސަލަތަކުގެ 26 އިންސައްތަ ކަމަށް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު 20،000 އަށް ވުރެ އިތުރުވެފައިވެއެވެ. އަދި 2016 ވަނަ އަހަރާ އަޅައިބަލާއިރު، މިދިޔަ އަހަރުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ އަދަދު ތިން އިންސައްތަ ވަނީ އިތުރުވެފައެވެ.

ޝަރުޢީ ދާއިރާގެ ކޯޓުތަކަށް ރެކޯޑް މިންވަރަކަށް ފުރަތަމަ ފަހަރަށް މައްސަލަ ހުށަހެޅިފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މިދިޔަ އަހަރު ނިމުނުއިރު، 8951 މައްސަލަ ކޯޓުތަކުގައި ނުނިމިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް