ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 07:30
މަރުކަޒީ ބޭންކް އެމްއެމްއޭ
މަރުކަޒީ ބޭންކް އެމްއެމްއޭ
ގޫގުލް
އެމްއެމްއޭ އިގްތިސާދީ ރިވިއު
ނޮވެމްބަރު ތަރައްޤީގެ މަޝްރޫޢުތަކާއި އާސަންދައަށް ކުރި ހޭދަ ކުޑަވެއްޖެ
އާމްދަނީގެ ގޮތުގައި ލިބުނީ 1.1 ބިލިއަން ރުފިޔާ
ސަރުކާރުގެ ޚަރަދު ކުޑަ ކުރި އިރު، ކުޑަކުރީ ތަރައްޤީގެ މަޝްރޫޢުތަކާއި އާސަންދައަށް ކުރާ ހޭދަ
ނޮވެމްބަރު މަހު ސަރުކާރުގެ ޚަރަދުތަކުގެ ޖުމްލައަކީ 1.5 ބިލިއަން ރުފިޔާ

ދައުލަތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްތަކަށް ކުރި ހޭދަ އާއި އާސަންދައަށް ކުރި ހޭދަ 2016 އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު، ފާއިތުވި އަހަރުގެ ނޮވެމްބަރު މަހު ކުޑަވެފައިވާކަމަށް މަރުކަޒީ ބޭންކްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާއްމުކޮށްފައިވާ ފާއިތުވި ޑިސެމްބަރު މަހުގެ އިޤްތިޞާދީ ރިވިއުގައި ވަނީ ނޮވެމްބަރު މަހު ސަރުކާރުގެ ޖުމްލަ ޚަރަދަކީ 1.5 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާ މަދު އަދަދެއް ކަމަށް ފާހަގަކުރަމުން އެމްއެމްއޭ އިން ބުނީ އޭގެ މައިގަނޑު ސަބަބަކީ ޕީއެސްއައިޕީއަށް ކުރި ހޭދަ ކުޑަވުމާއި ކެޕިޓަލް ޚަރަދު ދަށްވުމާއި، އާސަންދައަށް ކުރާ ހޭދަ ދަށްވުމާއި ގުޅިގެން ރިކަރަންޓް ޚަރަދު ދަށްވުން ކަމަށެވެ.

ނޮވެމްބަރު މަހު ސަރުކާރުގެ ޚަރަދާއި އާމްދަނީ ދައްކައިދޭ ޗާޓެއް. މައުލޫމާތު: އެމްއެމްއޭ/ފިނޭންސް މިނިސްޓްރީ

ސްކޫލް ބަންދާ ދިމާކޮށް، ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ސްކީމް، އާސަންދަ އަށް ކުރެވުނު ހޭދަ ކުޑަކޮށްގެންނާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ހޭދަ ކުޑަކޮށްގެން ސަރުކާރުގެ ޚަރަދު ކުޑަވިއިރު، ސަރުކާރުން ކުރާ އެހެން ހޭދަތައް މަދުކުރިކަމަށް އެމްއެމްއޭ އިން ފާހަގަކޮށްފައެއް ނެތެވެ.

ނޮވެމްބަރު މަހު 1.5 ބިލިއަން ރުފިޔާ ޚަރަދުކުރިއިރު، އެމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.1 ބިލިއަން ރުފިޔާއެވެ. މިއީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ލިބުނު އާމްދަނީއަށް ވުރެ 75 މިލިއަން ރުފިޔާ މަދު އަދަދެކެވެ. އޭގެ ސަބަބަކީ ޓެކްސް އާމްދަނީ އިތުރުވި ނަމަވެސް، ޓެކްސް ނޫން ގޮތް ގޮތުން ލިބޭ އާމްދަނީ މަދުވުމެވެ. ޓެކްސް އާމްދަނީ އިތުރުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޖީއެސްޓީ އިތުރުވުމާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް