ކ. މާލެ
|
20 ޖެނުއަރީ 2018 | ހޮނިހިރު 16:44
ކުރީގެ އޭސީޕީ ފައިރޫޝް: ފައިރޫޝް ވަޒީފާއިން ވަކިކުރީވެސް ޓްވީޓަކާއި ގުޅިގެން
ކުރީގެ އޭސީޕީ ފައިރޫޝް: ފައިރޫޝް ވަޒީފާއިން ވަކިކުރީވެސް ޓްވީޓަކާއި ގުޅިގެން
ޕޮލިސް
ރިޔާސީ އިންތިޚާބު 2018
ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
ޑރ. ޖަމީލަށް ކުރިމަތިވި ގޮތް ހަނދާން ހުރިތޯ ސުވާލުކުރެއްވި
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ރައީސް ޔާމީންގެ ރަނިންގމޭޓް ކަމަށް އެންމެ މަޤުބޫލު ބޭފުޅުންނަކީ މެޑަމް ފާތުން އަދި މިނިސްޓަރ ޝައިނީ
ފައިރޫޝް ވަޒީފާއިން ވަކިކުރީވެސް ޓްވީޓަކާއި ގުޅިގެން

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިންގމޭޓަކަށް ވެވަޑައިގަންނަވާނީ ހަމަބުއްދި ނެތް މީހެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.

އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި ޓްވީޓަކާއި ގުޅިގެން ނިމިގެންދިޔަ އަހަރުގެ އޮކްޓޯބަރ މަހު ވަޒީފާއިން ވަކިކުރި ފައިރޫޝް، ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ވާނެ މީހަކީ ކާކު ކަމާއިމެދު މާބޮޑަށް ޝަޢުޤުވެރިވާންވީ ކީއްވެތޯ ސުވާލުކުރައްވާފައެވެ.

މި ސުވާލާއި އެކު ފައިރޫޝް ވަނީ ރައީސް ޔާމީންގެ ފުރަތަމަ ރަނިންގ މޭޓް އަދި މި ސަރުކާރުގެ ފުރަތަމަ ނައިބުރައީސް، ޑރ. މުޙައްމަދު ޖަމީލް އަޙުމަދާއިމެދު ކަންވެގެން ދިޔަގޮތް ހަނދާންހުރިތޯ ސުވާލު އުފައްދަވާފައެވެ.

މި ދެސުވާލު ކުރައްވައި ފައިރޫޝްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ރަނިންގ މޭޓު ކަމަށް އިޚުތިޔާރު ކުރައްވާ ބޭފުޅަކު ވާނީ ހަމަބުއްދި ނެތް މީހަކަށް ކަމަށެވެ.

ސިޔާސީ ޓްވީޓަކާއި ގުޅިގެން ވަޒީފާއިން ވަކިކުރި ފައިރޫޝް، ވަޒީފާއިން ވަކި ކުރީއްސުރެ ސިޔާސީ އެކި ކަންކަމަށް ނިސްބަތްކޮށް އެކިއެކި ޓްވީޓް ކުރެއްވި ނަމަވެސް، މިފަދަ ބަހުރުވައަކުން، މިގޮތަށް މީގެކުރިން މި މަޢުލޫއުގައި ޓްވީޓް ކުރައްވާފައެއް ނުވެއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވަމުންދާއިރު، ރައީސް ޔާމީންގެ ރަނިންގ މޭޓު ކަމަށް އިޚުތިޔާރު ކުރައްވާނެ ކަމަށް ބެލެވޭ ބައެއް ބޭފުޅުންގެ ނަންތައް ދަނީ ރައްޔިތުންގެ މެދުގައި ދަތުރުވަމުންނެވެ. އެގޮތުން ކުރީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު އާއި މިހާރުގެ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި ޚުދު ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްވެސް އެ މަޤާމަށް އިޚުތިޔާރު ކޮށްފާނެ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. މިހާތަނަށް ނެގިފައިވާ ޚިޔާލު ހޯދުމުގެ އެކި ވޯޓުތަކުން ދައްކާ ގޮތުގައި، ރައީސް ޔާމީންގެ އަނބިކަންބަލުން ފާތުމަތު އިބްރާހިމްގެ އިތުރުން މި މަޤާމަށް އެންމެ މަޤުބޫލު ބޭފުޅެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވެނީ ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 ޖެނުއަރީ 2018 | އާދީއްތަ 13:01
ފިރުޓޭ
މީނަ މިހާރު ކޮން އަނގަ އެއް ތަޅުވާކަށް! 2012 ފެބްރުައަރީ 7-8 ގައި އެންމެ ގަދަޔަށް ދިވެހި ރައްޔިތުންނާ ދެކޮޅަށް މަސައްކަތް ކުރި އެކަކީ ތި މީހާ! ދެން ކޮން ޓުވީޓެއް ކުރާކަށްތަ! ހަމަ ހިހޫ ތަނުން ކައިގެން ބަނޑުފުރަން އުޅޭ މީހުން ހައްތަހާވެސް!