ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 13:54
ވެސްޓްޕާކް ސަރަހައްދު، އެސަރަހައްދުވަނީ ވަރަށް ބޮޑަށް ވީރާނާވެފައި
ވެސްޓްޕާކް ސަރަހައްދު، އެސަރަހައްދުވަނީ ވަރަށް ބޮޑަށް ވީރާނާވެފައި
ރާއްޖެއެމްވީ
ވެސްޓްޕާކް
ބިޑަކަށް ނުލައި، އެންމެ 1.4 މިލިއަން ރުފިޔާއަށް ވެސްޓްޕާކް ހުރި ބިން ވިއްކާލަނީ!
ބިން ވިއްކާލާ ޖުމްލަ އަގަކީ 1،450،730ރ
އަކަފޫޓަކަށް ޖެހެނީ 75ރ
އެތަން ކުރިން ހިންގީ ޔޮޓް ޓުއަރޒްއިން

މާލޭ ހުޅަނގު އުތުރު ފަރާތު ކަންމަތީގައި ކުރިން ވެސްޓްޕާކް ރެސްޓޯރަންޓް ހިންގި ބިން އެންމެ 1.4 މިލިއަން ރުފިޔާއަށް، ބިޑަކަށް ނުލައި ވިއްކާލަން ޓޫރިޒަމް މިނިސްޓްރީއިން އިއުލާންކޮށްފިއެވެ.

19343 (ނަވާރަ ހާސް ތިން ސަތޭކަ ސާޅީސް ތިން) އަކަފޫޓުގެ މި ބިން ވިއްކާލާ ޖުމްލަ އަގަކީ 1،450،730ރ (އެއް މިލިއަން ހަތަރު ލައްކަ ފަންސާސް ހާސް ހަތްސަތޭކަ ތިރީސް ރުފިޔާ)އެވެ. މިއީ އަކަފޫޓަކަށް 75ރ ގެ ރޭޓުންނެވެ. މި ރޭޓަކީ މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް ބިން ވިއްކުމަށް ކަނޑައަޅާފައިވާ ރޭޓުތަކުގެ ތެރެއިން ވެރިރަށް މާލެ އާއި މާލެ އަތޮޅަށް ކަނޑައަޅާފައިވާ ރޭޓެވެ.

އެބިމުގައި ކުރިން ވެސްޓްޕާކް ހިންގި ޔޮޓް ޓުއަރސްއިން އެތަން ސަރުކާރުން އަތުލުމާއި ގުޅިގެން އެމައްސަލަ ކޯޓަށް ހުށަހެޅިއެވެ. އެހެން ނަމަވެސް ސިވިލް ކޯޓާއި، ހައިކޯޓުން ވެސް އެމައްސަލަ ނިންމީ ދައުލަތާއި އެއްކޮޅަށެވެ.

ކުރިންވެެސް ވެސްޓްޕާކް ހުންނަ ބިން ވިއްކާލަން އިއުލާންކުރިއެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީއިން އަލުން އެތަން ވިއްކާލުމަށް އިއުލާން ކުރީ މާލޭގެ ހުޅަނގު ދެކުނު ބިމުގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރުވަނީ އެކަން އިސްލާހުކޮށް، އަލުން ގެޒެޓް ކޮށްފައެވެ.

ޤާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން ފަތުރުވެރިކަމަށް ދޫކުރާ ބިންތަކާއި ރަށްތައް މިހާރު ދޫކުރަނީ ބިޑްކުރުމެއް ނެތިއެވެ.

ވެސްޓްޕާކާއި ޖެހިގެން އިރަށް އޮންނަ ބިމުގައި ޕީޕީއެމްއިން ވަނީ އެޕާޓީގެ ކެމްޕޭން އޮފީހެއް ވެސް ހުޅުވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 ޖެނުއަރީ 2018 | ބުރާސްފަތި 14:12
ޝާން
ގަ ރިޔާސީ އިންތިހާބު ގަ ކެމްޕޭން އަށް ބޭނުންކުރި ނަސަންދުރާ ހޮޓެލް ބިޑުކުރުމެއްނެތި ދިނީ ޔާމީންގެ ޅިޔަނަށް. އި ބިމުގައި ހޮޓަލެއް އަޅަނީ ޗައިނާ ކުންފުންޏަކުން. މިފަހަރު ތިި ބިންވެސް ނުއަގުގައި ދޭނީ ކޮންމެވެސް ތިމާގެމީހަކަށް ނޫނީ ޕާޓީއަށް ހަރަދުކުރާމީހަކަށް. އެންޓި ކަރަޕްޝަން ގެ ރައީސަށް ދެއްވި ނަޒާހަތްތެރި ފްލެޓްގެ އަރާމު ކަމުން ފުލެޓަށްވަދެ ނިދިކުރައްވަވާފަ އެހެން ކަމެއް ބެއްލެވޭ ހެނެއް ހީއެއްނުވޭ. މިއޮތީ ވާ ގައުމެއް. ދެން ރައްޔަތުން ނިކުމެ އަތްޖަހާ