ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 11:50
އަންހެނުންތަކެއް މެޑަމް ފާތުންއާއެކު ސެލްފީ ނަގަނީ
އަންހެނުންތަކެއް މެޑަމް ފާތުންއާއެކު ސެލްފީ ނަގަނީ
ޓްވިޓަރ
މެޑަމް ފާތުން
މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
އެކަންކަން ހަމަޖައްސާދޭ ކޮންމެ ފަރާތަކަށް 500ރ ދޭކަމަށް މަހްލޫފް ވިދާޅުވޭ
ރައިސް ޔާމީންގެ ކެމްޕެއިން އެންމެ އިސްކޮށް އުޅުއްވަނީ އަނބިކަނބަލުން މެޑަމް ފާތުން
އަރިހުގައި އުޅުއްވަނީ ދެކޮޅަށް ފައިލައިގެން ތިބި މީހުންކަމަށް މަހްލޫފް ވިދާޅުވޭ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހީމްދީދީ ރާއްޖޭގެ ރަށްރަށް ކުރައްވާ ދަތުރުތަކުގައި އެރަށަކުން އެކަމަނާއަށް މަރުހަބާ ކިޔުމާއި ސެލްފީ ނެގުމަށް ބަޔަކު ހަމަޖައްސަވާ ދެއްވާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 500 ރުފިޔާ ދެއްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފާތުމަތު އިބްރާހީމްދީދީ ރަށްރަށަށް ވަޑައިގަންނަވާއިރު، ސެލްފީ ނަގަން 10 މީހުން، ބައްދާލަން ފަސް މީހުން ތިބޭ ގޮތަށް ރާވައި، ކޮންމެ މީހަކަށް 500 ރުފިޔާ ދޭ ހިސާބަށް ދިޔުމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އެންމެ އަރިހުގައިވެސް ތިބީ ދެކޮޅަށް ފައިލައިގެން ތިބޭ މީހުން ކަމަށް ވެސް މަހުލޫފް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

 

މަހުލޫފް އެގޮތަށް ވިދާޅުވެ ޓްވީޓް ކުރެއްވިއިރު، ފާތުމަތު އިބްރާހިމް ދީދީ އ. އަތޮޅުގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅާ ގުޅިގެންނެވެ. 

ރައީސް ޔާމީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އެންމެ އިސް ދައުރެއް އަދާކުރައްވާ ފަރާތަކީ ރައީސް ޔާމީންގެ އަނބިކަނބަލުން  އެވެ. އެކަމަނާ ގެންދަވަނީ ތަފާތު އެކިއެކި ހަރަކާތްތައް ހިންގަވާ ރަށްރަށަށް ވެސް ވަޑައިގަންނަވަމުން ނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
11 ޖެނުއަރީ 2018 | ބުރާސްފަތި 14:36
Hame
Mahulooofuu kale ekama haadha dherave medam fathun aa eku bayaku selfi nagaatheee hehe
11 ޖެނުއަރީ 2018 | ބުރާސްފަތި 12:58
ހާލިދާޒިޔާ
ރަގަޅުވާހަކައެއް ތިކަންތިގޮތަށް ހިގަމުންދޭ. އެހެނެކޭ ކިޔާފަ މަހުލޫފަށް ކޮަންކަމެއް. ލައްކަދުވަހު ދެކޮޅަށް ފާއަޅާގެން އެޅެފީމެންނު މިހަރުދެން އެކަމެއް ނުވާނެ. މިހާރު އެންމެން ދުވަނީ އެއްކަލަ 500ރުފިޔާ ފަހަތުން. 2018 ގައި ވޯޓްވެސްދޭނީ ހަމަ އެ 500ރުފިޔާއަށް. ރައީސް ޔާމިން ބަލިކުރުމަށް ތިދެކެމުންދާ ހުވަފެން މަހުލޫފްމެން ދޫކޮށްލާ. އެކަމެއް ނުވާނެ.
11 ޖެނުއަރީ 2018 | ބުރާސްފަތި 12:33
އެކަމކު
އެކަމަކު ޝައިނީ ބުނަނީ ތިހެނެއް ނޫން....ކާމިޔާބު ވާނެ ކަމަށް......