ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 08:03
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު (މ)
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސަޢީދު (މ)
ރައީސް އޮފީސް
ދިޔާނާ ސައީދު
މާރުކޭޓު ގޮޅީގެ މައްސަލައިގައި ދިޔާނާ ސަޢީދުގެ ފާޑުކިޔުން ސަރުކާރަށް
ކޮރަޕްޝަންގެ އަމަލުތަކަށް ފާޑުވިދާޅުވި
ތަންފީޒީ އިދާރާތަކާއިމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ވަނީ ގެއްލިފައި

ޕީޕީއެމްގެ މަޖިލިސް މެމްބަރުން ބޭނުންވާ ގޮތަށް މާރުކޭޓުގެ ގޮޅިތައް ދޫކުރާ ކަމަށް ދޭހަވާފަދަ މޭރުމަކުން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ހުސައިން މަނިކުކަމަށް ދޭހަވާފަދަ ބޭފުޅަކު ދެއްކެވިކަމަށް ބެލެވޭ ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ދިޔާނާ ސަޢީދު ފާޑުވިދާޅުވެއްޖެއެވެ. 

މެމްބަރުން ބޭނުންވާ ގޮތަށް ގޮޅިތައް ބަހާކަމަށް ބުނާ ޚަބަރެއްގެ ސްކްރީންޝޮޓަކާއިއެކު ދިޔާނާ ކުރައްވާފައިވާ ޓްވީޓެއްގައިވަނީ "މާރުކޭޓުން ދޫކުރާ ގޮޅިޔަކަސް، ސްވައިންފްލޫއަށް ގެންނަ ވެކްސިންއެއް ވިޔަސް، އިންޖީނުގެތަކަށް ގެންނަ ތެލަށް ވިޔަސް، ސްކޫލް ކުދިން ބޭނުންކުރަން މަޖުބޫރުކޮށްގެން ދައުލަތަށް ގަންނަ އައިޕެޑަށް ވިޔަސް، ބައި އެޅެންވާނެ" ކަމަށެވެ.

ދިޔާނާ އިޝާރާތްކުރައްވާފައިވަނީ ސަރުުކާރުން ހިންގާ ކަމަށް ވާހަކަ ދެކެވޭ ކޮރަޕްޝަންގެ އަމަލުތަކަށް ކަމަށް ބެލެވެއެވެ. އެގޮތުން ދާދިފަހުން އިންފްލުއެންޒާ ވެކްސިން ގެނައުމުގަޔާއި، ފެނަކައިގެ އިންޖީނުގެތަކަށް ތެޔޮ ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވުނެވެ. އަދި ސްކޫލްތައް ޑިޖިޓަލައިޒްކުރުމުގެ ނަމުގައި ސަރުކާރުން ހިންގާ ކަންކަމުގެ ތެރޭގައި ވެސް ކޮރަޕްޝަން ހިންގާކަމަށް އަޑުތައް ފެތުރިފައިވެއެވެ.

މާރުކޭޓް ގޮޅިތައް ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބޭނުންވި ފަރާތްތަކަށް ދޭނެކަމުގެ ޔަޤީންކަން ހައުސިން މިނިސްޓަރު ދެއްވާފައިވާކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ކަމަށް ބެލެވޭ މީހަކު ޕީޕީއެމްގެ އެވައިބަރ ގްރޫޕްގައި ލިޔެފައިވެއެވެ. މިވާހަކަތައް މީޑިއާގައި އާއްމުވެފައިވާއިރު، ނިހާން މިވާހަކަތައް ދޮގުކުރައްވައި، ވާހަކަ ދައްކަވާފައެއް ނުވެއެވެ.

މީގެ އިތުރުން، އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެންކަމަށް ބުނެ، ސިފައިން ކުރީގެ ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފެށުމާއި ގުޅިގެން ދިޔާނާ ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓްތަކާއި، ދައުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ޤާނޫން ތަންފީޒުކުރާ އިދާރާތަކާއިމެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިފައިވާކަމަށެވެ. އަދި ދައުލަތުގެ ކަރާމާތް ގެއްލިފައިވާ ކަމަށެވެ. 

ދިޔާނާ ސަޢީދާއި އެކަމަނާގެ ފިރިކަލުން އަދި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް