ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 08:00
މިނިސްޓަރ އާސިމަށް އިންޑިއާގެ އޮފިޝަލަކު ދިއްލީގެ އިންދިރާގާންދީ އެއަރޕޯޓުން މަރުހަބާ ދަންނަވަނީ
މިނިސްޓަރ އާސިމަށް އިންޑިއާގެ އޮފިޝަލަކު ދިއްލީގެ އިންދިރާގާންދީ އެއަރޕޯޓުން މަރުހަބާ ދަންނަވަނީ
އިންޑިއާގެ ޚާރިޖީ ވުޒާރާ
މިނިސްޓަރ އާސިމް
ޚާރިޖީ ވަޒީރު އާސިމް މިއަދު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާނެ
ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއިއެކު ބައްދަލުކުރެއްވުން: 12:00ގައި
ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ބައްދަލުކުރެއްވުން: 16:45ގައި
މިނިސްޓަރ ޑރ. އާސިމް އިންޑިއާއަށް ވަޑައިގަތީ ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން

ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގެންނެވި ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުޙައްމަދު އާސިމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާނެއެވެ.

މިއަދު ހަވީރު ބޮޑުވަޒީރު މޯދީއާއި ބައްދަލުކުރެއްވުމުގެ ކުރިން، މެންދުރު 12:00ގައި މިނިސްޓަރ އާސިމް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖާއި ބައްދަލު ކުރައްވާނެއެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ވެރިރަށް ދިއްލީގައި، އިންޑިއާގެ ޚާރިޖީ ވުޒާރާ، ޖަވާހަރްލާލް ނެހެރޫ ބަވަންގައެވެ.

އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރެއްވުން އޮންނާނީ ހަވީރު 4:45ގައި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ލޮކް ކަލްޔަން މާގްގައެވެ. 

ރައީސް ޔާމީންގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޚާރިޖީ ވަޒީރު ޑރ. އާސިމް އިންޑިއާއަށް ވަޑައިގެންފައި މިވަނީ ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެއިން ޗައިނާއާއި އެކު އޮންނަ ގުޅުން ބަދަހި ކުރަމުންދާ މައްސަލައިގައި އިންޑިއާއިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިިދިޔަ ބުރާސްފަތި ދުވަހުވެސް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖާސަބާގައިވެސް ރާއްޖެއާއި ޗައިނާއައި ދެމެދު ސޮއެކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި ގުޅޭގޮތުން ވެސް ސުވާލުކުރިއެވެ.

ޚާރިޖީ ވަޒީރު ޑރ. އާސިމް އިންޑިއާއަށް ވަޑައިގެންފައިވަނީ އިއްޔެ ފަތިހުއެވެ. އަދި އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގެ ވަގުތެއްގައިކަމަށް އިންޑިއާގެ ޚާރިޖިއްޔާއިން ބުނެއެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް