ކ. މާލެ
|
11 ޖެނުއަރީ 2018 | ބުރާސްފަތި 07:28
ގެއްލިގެން ހޯދަމުންދާ 25 އަހަރުގެ ޒުވާނާ
ގެއްލިގެން ހޯދަމުންދާ 25 އަހަރުގެ ޒުވާނާ
މުރުޝިދް އަބްދުލް ހަކީީމް
ގެއްލިގެން ހޯދުން
ހަބަރެއް ނުވާތާ ތިން ދުވަސްވެގެން ޒުވާނަކު ހޯދަނީ
ގެއްލިގެން އުޅެނީ އަލީ ތޮއްޔިބު ކިޔާ ޒުވާނެއް
އެއީ 25 އަހަރުގެ ޒުވާނެއް

އެއްވެސް ހަބަރެއް ނުވެ ތިން ދުވަސްވެގެން އައްޑޫ ސިޓީގެ ޒުވާނަކު ހޯދުމުގެ މަސައްކަތް އާއިލާއިން ފަށައިފި އެވެ.

ހޯދަމުންދަނީ ސ. ހިތަދޫ، ފެލީނާ، އުމުރުން 25 އަހަރުގެ އަލީ ތޮއްޔިބެވެ. އޭނާ އަކީ ކްލަބް މެޑް ކަނި ރިސޯޓުގައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާ ހޯދުމަށް  އާއިލާ އިން މަސައްކަތް ފެށީ އޭނާ މަސައްކަތް ކުރާ ރިސޯޓުން އޭނާއަށް ނުގުޅިގެން އާއިލާއަށް އެންގުމުންނެވެ. އާއިލާއިން ވަނީ ފުލުހުންނަށް ވެސް އެކަން ރިޕޯޓުކޮށްފަ އެވެ.

 ރިސޯޓުން އާއިލާއަށް އަންގާފައިވާ ގޮތުގައި ތޮއްޔިބު މާލެ ގޮސްފައިވަނީ އެއްދުވަހަށެވެ. ނަމަވެސް އޭނާ އާންމުކޮށް މާލެ ގޮސް ހުންނަ އޭނާގެ ދައްތަގެއަށް ވެސް މި ފަހަރު ގޮސްފައިނުވެ އެވެ.

އާއިލާގެ އިތުރުން ސޯޝަލް މީޑިޔާގައި ވެސް އޭނާ ގެއްލިގެން ހޯދުމުންދާ ވާހަކަ ދަނީ ދައުރުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް