ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 23:00
ަކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއްގައި ކޯސްޓުގާނޑު ހަރަކާތެރި ވަނީ
ަކަނޑުމަތީގެ ހާއްސަ އޮޕަރޭޝަނެއްގައި ކޯސްޓުގާނޑު ހަރަކާތެރި ވަނީ
ގޫގުލް
އެމްއެންޑީއެފް
މަސްދޯންޏެއް ގެއްލިގެން ހޯދަނީ
ގެއްލިފައި ވަނީ ތ.ބުރުނީގެ "ނޫރު" ދޯނި
65 ފޫޓުގެ މިދޯނީގެ ބޭރުގައި ވަނީ މަޑު ނޫކުލައިގެ ދަވާދު ލާފަ
ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ވަނީ ލާފަ

މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ތ.ބުރުނީގެ "ނޫރު" ނަމަކަށް ކިޔާ މި ދޯންޏާއި އެންމެ ފަހުން ގުޅިފައި ވަނީ މިމަހުގެ ހަ ވަނަ ދުވަހު ހދ. ނޮޅިވަރަމާއި ދިމާ ބޭރުގައި ވަނިކޮށް ކަމަށް ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ 11 ދިވެހިންނާއިއެކު މަސްވެރިކަމަށް ނިކުތް މި ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މަޢުލޫމާތު ލިބިފައި ވަނީ ބުދަ ދުވަހު ހެނދުނު 08:33 ހާއިރު ކަމަށެވެ. 65 ފޫޓުގެ މިދޯނީގެ ބޭރުގައި ވަނީ މަޑު ނޫކުލައިގެ ދަވާދު ލާފައެވެ. އަދި މި ދޯނީގެ ގެ ގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް