ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 18:19
ރައީސް މައުމޫން އަބްދުލްޤައްޔޫމް - ސަރުކާރުގެ ޕްލޭނަކީ ރިޔާސީ އިންތިހާބު ނިމެންދެން ރައީސް މައުމޫން ގޭގައި ބަންދުކުރުން ކަމަށް މެމްބަރު މުހައްމަދު އަމީތު ވިދާޅުވި
ރައީސް މައުމޫން އަބްދުލްޤައްޔޫމް - ސަރުކާރުގެ ޕްލޭނަކީ ރިޔާސީ އިންތިހާބު ނިމެންދެން ރައީސް މައުމޫން ގޭގައި ބަންދުކުރުން ކަމަށް މެމްބަރު މުހައްމަދު އަމީތު ވިދާޅުވި
މުހައްމަދު ޝަރުހާން
ރައީސް މައުމޫން
ސަރުކާރުގެ ޕްލޭނަކީ ރިޔާސީ އިންތިހާބު ނިމެންދެން ރައީސް މައުމޫން ގޭގައި ބަންދުކުރުން: އަމީތު
ރައީސް މައުމޫން ބަންދުގައި ބެހެއްޓޭނެ ގޮތެއް ކޯޓުތަކުގެ ތެރެއިން ނުވި
އެންއެންޑީއެފް މެދުވެރިކޮށް ރައީސް މައުމޫން ގޭ ބަންދުގައި ބެހެއްޓުމަށް ސަރުކާރުން ޕްލޭންކޮށްފައިވޭ

ސަރުކާރުގެ ޕްލޭނަކީ ރިޔާސީ އިންތިހާބު ނިމެންދެން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ގޭ ބަންދުގައި ބެހެއްޓުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

 

ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގޭގެ ސަލާމަތީކަންކަން ވަރުގަދަކޮށް، ގެޔަށް ވަންނަ މީހުންގެ ނަން ނޯޓުކުރުމުގެ މަސައްކަތް އެމްއެންޑީއެފްއިން ފަށާފައިވާއިރު މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ އެމަނިކުފާނު ގޭ ބަންދުކޮށްފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ބަންދުގައި ބެހެއްޓޭނެ ގޮތެއް ކޯޓުތަކުގެ ތެރެއިން ނުވި ކަމަށް އަމީތު ވިދާޅުވި އެވެ.

 

އޭނާ ވިދާޅުވި ގޮތުގައި ކޯޓުތަކުގެ ތެރެއިން ރައީސް މައުމޫން ބަންދު ނުކުރެވުމުގެ ސަބަބުން އެންއެންޑީއެފް މެދުވެރިކޮށް ރައީސް މައުމޫން ގޭ ބަންދުގައި ބެހެއްޓުމަށް ސަރުކާރުން ޕްލޭން ކޮށްފައިވާ ކަމަށާއި، ސަރުކާރުގެ ޕްލޭނަކީ ރިޔާސީ އިންތިހާބު ނިމެންދެން ރައީސް މައުމޫން ގޭ ބަންދުގައި ބެހެއްޓުން ކަމަށެވެ.

 

ހޯމަ ދުވަހުން ފެށިގެން ރައީސް މައުމޫން މިހާރު ދިރިއުޅުއްވާ ގެކޮޅު ކަމަށްވާ އެންދެރިމާގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިވާއިރު، އެ ގެޔަށް ވަންނަ ފަރާތްތަކުގެ ނަންތައް ވެސް އެމްއެންޑީއެފުން އަންނަނީ ނޯޓު ކުރަމުންނެވެ.

 

އެކަމާއި ގުޅިގެން އަންގާރަ ދުވަހުގެ ރޭ ރައީސް މައުމޫން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ގެއްލުމެއްދޭން އުޅޭކަމުގެ އެއްވެސް ހެއްކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ނުރައްކަލެއް އޮތްކަމުގައިވާނަމަ އެކަމެއް ހާމަކޮށްދިނުމަށް ލިޔުމުން ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެ ކަމަށާއި، އެކަން އެނގުމުން އަމިއްލަފުޅަށް ސަލާމަތީކަންކަން ވަރުގަދަ ކުރެއްވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް