ކ. މާލެ
|
10 ޖެނުއަރީ 2018 | ބުދަ 17:50
ޢަލީ ހުސައިން: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
ޢަލީ ހުސައިން: ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވޭ
ޕީޕަލް މެގަޒިން
ޢަލީ ހުސައިން
މާރުކޭޓް ގޮޅިތައް ޕީޕީއެމް އިސްވެރިންނަށް ދިނުމަކީ އެތައް އާއިލާއެއްގެ ދިރިއުޅުމަށް އެޅޭ ހުރަހެއް: ޢަލީ ހުސައިން
ގޮޅިތައް ދީގެން ޕީޕީއެމް އިސްވެރިން އިތުރަށް މުއްސަނދި ވެދާނެ
މާރުކޭޓް ގޮޅިތައް ޕީޕީއެމް މީހުންނަށް ދޭ ކަމުގެ އަޑުތައް ވަނީ ގަދަވެފައި
ލީކުވި ޗެޓް ލޮގުގައި ނިހާން ވަނީ މުއިއްޒުއަށާއި ރައީސް ޔާމީނަށް ޝުކުރު އަދާކުރައްވާފައި

މާރުކޭޓުގެ ގޮޅިތައް ޕީޕީއެމްގެ އިސްވެރިންނަށް ދިނުމަކީ އެތައް އާއިލާއެއް ދިރިއުޅުމަށް ކުރާ މަސައްކަތައް އެޅޭ ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ޢަލީ ހުސައިން މިހެން ވިދާޅުވެފައި މިވަނީ، ދަތުރުވެރިންގެ މާރުކޭޓު ގޮޅިތައް ދިނުމުގައި ޕީޕީއެމްގެ އެމްޕީން އެދޭ ބަޔަކަށް ދޫކުރާނެ ކަމަށް ބުނާ ވައިބަރ ޗެޓް ލޮގެއް ލީކުވެފައިވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ވައިބަރ ގުރޫޕެއް ކަމަށް ބެލެވޭ މި ވައިބަރ ޗެޓް ލޮގުން ހާމަވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރ އަހުމަދު ނިހާން ކުރައްވާފައިވާ މެސެޖަކުންނެވެ.

އެގުރޫޕްގައި ނިހާންގެ ނަމުގައި ކުރައްވާފައިވާ މެސެޖްގައި މެންބަރުންނާ މުޚާތަބު ކުރައްވާ ވިދާޅުވެފައިވަނީ ދަތުރުވެރިންގެ މާރުކޭޓަށް އެދިލެއްވި ހުރިހާ އެމްޕީއިންގެ ދާއިރާތަކުގެ މީހުންނަށް ހަމައަށް ގޮޅި ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީއިން ނިހާނަށް އަންގާފައިވާ ކަމަށެވެ. އަދި ހައުސިންގ މިނިސްޓަރ މުއިއްޒުއަށާއި ރައީސް ޔާމީނަށް ނިހާންގެ ނަމުގައި މެސެޖް ކުރައްވާފައިވާ ބޭފުޅާ ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެފައި ވެއެވެ.

 

ލީކުވި ޗެޓް ލޮގް

އެޗެޓް ލޮގް ލީކުވެފައިވަނިކޮށް ޢަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މާރުކޭޓުގައި ހުރި ގޮޅި ތަކަކީ ޕީޕީއެމްގެ އިސްވެރިން އިތުރަށް މުއްސަނދިވާން ބޭނުން ކުރާ ތަންތަނަށް ހެދުމަކީ އެތަކެއް އާއިލާ ދިރިއުޅުމަށް  ކުރާ މަސައްކަތައް އެޅޭ ހުރަހެއް ކަމަށެވެ.

މީގެ އިތުރުން މާލޭގެ ޑެޕިއުޓީ މޭޔަރ ސަމާއު ޝަރީފް އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގައި ވިދާޅުވީ މާރުކޭޓް ގޮޅިތަކާއި ގާޑިޔާތައްވެސް ދޫކުރަމުންދަނީ ޕީޕީއެމް މެންބަރުންނަށް ކަމަށެވެ. އަދި އެކަމުގައި އުޅުއްވަނީ މެޑަމް ފާތިމަތު އިބްރާހީމް ކަމަށާއި އެކަމުގެ ހެކިތަކާއެކު އެތައް ބަޔަކު މާލެ ސިޓީއާ އެވާހަކަތައް ހިއްސާކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް