ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 22:57
ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނަށް ދޭން އުޅޭ ގެއްލުމުގެ ތަފްސީލް ދެއްވުމަށް ވަނީ އެދިވަޑައިގެންފަ
ރައީސް މައުމޫން އަބްދުލްޤައްޔޫމް - އެމަނިކުފާނަށް ދޭން އުޅޭ ގެއްލުމުގެ ތަފްސީލް ދެއްވުމަށް ވަނީ އެދިވަޑައިގެންފަ
މުހައްމަދު ޝަރުހާން
ރައީސް މައުމޫނު
ދޭން އުޅޭ ގެއްލުމުގެ ތަފްސީލް ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގެންފި
ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައެއް ނުވޭ
ގެއްލުމެއްގެ ތަފްސީލް ހޯއްދެވުމަށް ޑިފެންސް މިނިސްޓްރީ އަށް ސިޓީއަކުން ދަންނަވާފައި ވާނެ
މިހާރު 24 ގަޑިއިރު އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ދެމީހުން ތިބޭ

އިންޓަލިޖެންސް ރިޕޯޓަކާއި ގުޅިގެން ކަމަށް ބުނެ، ރައީސް މައުމޫން އަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގޭގެ ސެކިއުރިޓީ ވަރުގަދަކޮށް، އެ ގެޔަށް ވަންނަ ފަރާތްތަކުގެ ނަން ނޯޓު ކުރުމަށް އެމްއެންޑީއެފްއިން ނިންމައިފައިވަނިކޮށް، ދޭން އުޅޭ ގެއްލުމުގެ ތަފްސީލްތައް ހާމަކޮށްދިނުމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމް އެދިވަޑައިގެންފި އެވެ.

ހޯމަ ދުވަހުން ފެށިގެން ރައީސް މައުމޫން މިހާރު ދިރިއުޅުންވާ ގެކޮޅުކަމަށްވާ އެންދެރިމާގޭގެ ސެކިއުރިޓީ އެމްއެންޑީއެފުން ބަލަހައްޓަން ފަށާފައިވާއިރު، އެ ގެޔަށް ވަންނަ ފަރާތްތަކުގެ ނަންތައް ވެސް އެމްއެންޑީއެފުން އަންނަނީ ނޯޓު ކުރަމުންނެވެ.

ރައީސް މައުމޫން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނަށް ގެއްލުމެއްދޭން އުޅޭކަމުގެ އެއްވެސް ހެއްކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ނުރައްކަލެއް އޮތްކަމުގައިވާނަމަ އެކަމެއް ހާމަކޮށްދިނުމަށް ލިޔުމުން ޑިފެންސް މިނިސްޓްރީގައި އެދިވަޑައިގެންފައިވާނެކަމަށާއި، އެކަން އެނގުމުން އަމިއްލަފުޅަށް ސަލާމަތީކަންކަން ވަރުގަދަ ކުރެއްވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

 

 

ނަން ހާމަނުކުރުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ފަރާތަކުން ވިދާޅުވި ގޮތުގައި މިހާރު 24 ގަޑިއިރު އެންދެރިމާގޭގެ ސެކިއުރިޓީ ބަލަހައްޓަން ސިފައިންގެ ދެމީހުން ތިބޭ ކަމަށާއި، ރައީސް މައުމޫނާއި ބައްދަލުކުރައްވަން އެ ގެއަށް ޒިޔާރަތް ކުރައްވާ ހުރިހާ ބޭފުޅުންގެ ނަން އެމްއެންޑީއެފުން ނޯޓު ކުރާ ކަމަށެވެ. އަދި އެންދެރިމާގެއަށް ވަދެވެނީ އެމްއެންޑީއެފުން ބަލާ ފާސްކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅަށް ވަންނަ މީހުންގެ ނަން ނޯޓުކުރަން ސިފައިން ފަށާފައިވާއިރު، އެމަނިކުފާނު ރައީސް ޔާމީނަށް ކުރައްވާ ތާޢީދު އަނބުރާ ގެންދެވުމުން، އެމަނިކުފާނަށް ދީފައިވާ ސެކިއުރިޓީގެ މިންވަރު ސަރުކާރުން ދަށްކުރިއެވެ. އަދި ބޮޑީގާޑުންގެ އަދަދު މަދުކޮށް، އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅާއި އެކު ދަތުރުކުރާ ސެކިއުރިޓީ ކާރުވެސް ސިފައިން ނެގިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް