ކ. މާލެ
|
9 ޖެނުއަރީ 2018 | އަންގާރަ 21:48
ކަނޑު ބޮއި ހަރުކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ - ކޮލަމާފުށްޓާއި، ދެއްވަދޫ ބޮއި ކެނޑިފައި ހުންނަތާ 3 މަސް ދުވަސްވެފައިވޭ
ކަނޑު ބޮއި ހަރުކުރުމުގައި ބަޔަކު ހަރަކާތްތެރިވަނީ - ކޮލަމާފުށްޓާއި، ދެއްވަދޫ ބޮއި ކެނޑިފައި ހުންނަތާ 3 މަސް ދުވަސްވެފައިވޭ
ޕީއެސްއެމް
މަސްވެެރިން
ކޮލަމާފުއްޓާއި، ދެއްވަދޫ ބޮއި ކެނޑިފައި ހުންނަތާ 3 މަސް ދުވަސް
ފަރުތަކުގައި ބައްތިތައް ނުދިއްލޭތާ ހަ މަސް ދުވަސްވެފައިވޭ
މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަދައްކަން ރައްޔިތުންގެ މަންދޫބަކުވެސް ދާއިރާގައި ނެތް

ގއ. ކޮލަމާފުށްޓާއި، ދެއްވާދޫ ބޮއި ކެނޑިފައި އޮންނަތާ 3 މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ފުއާދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ބޭނުންތަކަށް އިސްކަންދީ، އެކަންތައްތައް ފުރިހަމަކޮށްދޭކަމަށް ސަރުކާރުން ބުނާއިރު، މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އަހައި، އަޅާލާނެ ބަޔަކު ނެތްކަން ފާހަގަކޮށް އަތޮޅު ކައުންސިލްގެ ރައީސް ވަނީ މިނިސްޓަރު ޝައިނީ ޓެގް ކުރުމަށް ފަހު ޓުވީޓްތަކެއް ކޮށްފަ އެވެ.

އެ ޓުވީޓްގައި ފުއާދު ވިދާޅުވެފައިވަނީ ބޮއި ކެނޑިފައި އޮންނަތާ 3 މަސްވެފައިވާ ކަމަށާއި، ފަރުތަކުގައި ބައްތިތައް ނުދިއްލޭތާ ހަ މަސް ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މައްސަލައަށް މިހާތަނަށް ވެސް ހައްލެއް ލިބިފައިނުވާކަން ފާހަގަކޮށް ފުއާދު ވިދާޅުވީ މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަން ރައްޔިތުންގެ މަންދޫބަކު ވެސް ދާއިރާގައި ނެތް ކަމަށެވެ. އަދި ކޫއްޑޫ ވަނީ ސިޔާސީވެފައިކަމަށް ފުއާދު ވިދާޅުވި އެވެ. ނަމަވެސް ފުއާދުގެ ޓުވީޓަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

 

 

ސަރުކާރުގެ ކަންތައްތައް ހުރިގޮތުންނާއި، މަސްވެރިންގެ ކަންބޮޑުވުންތައް އަޑުނާހާކަމަށް ބުނެ މަސްވެރިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިނިސްޓަރު ޝައިނީ ވިދާޅުވެފައިވާގޮތުގައި މި ސަރުކާރަށް ވުރެ ބޮޑަށް މަސްވެރިންގެ ބޭނުންތައް ފުއްދައިދިން ސަރުކާރެއް ނާންނަ ކަމަށެވެ.

މަސްވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ވާހަކަދައްކާ ރައްޔިތުންގެ ފަރާތުން ބަސްބުނާގެ މަންދޫބަކު ނެތްކަން ފުއާދު ފާހަގަ ކުރެއްވިއިރު، ދާއިރާގެ މެމްބަރު ސައުދު ހުސެއިންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސަރުކާރުން ކޮންޓްރޯލްކުރާ އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އަދި ސަރުކާރުން ކޮންޓްރޯލްކުރާ އެލްޖީއޭއިން ވަނީ އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑްކޮށް، ގެޔަށް ފޮނުވާލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް